Home
Language
English
Türkçe
Bahasa Indonesia
About
Privacy Policy
Terms of Service
Pricing
Sign In
Download All
Share
Ibrahim Azim
@IbrahimAzim9
Major Retired Ibrahim Azim, Former MNDF information officer.
Joined March 2020
231
Following
784
Followers
1.3K
Posts
Ibrahim Azim
@IbrahimAzim9
about 18 hours ago
މަގުމަތިން އަޅުގަނޑުގެ ރަހުމަތްތެރިއެއް ދިމާވެގެން، ސަމާސާއެެއްގޮތުގައި ކުރިސުވާލަކީ؟ ބޭރަށްކުޅެންވާނީ ކުޅުންތެރިންނަށް މެޗްއޮޅުން ފިލުވާކިޔާދީފަނުންތޯއެވެ! ބޮޑުބަދަލުގެ މަޝްވަރާ ފަށަންވީ އިދިކޮޅު މައިޕާޓީގެ އެތެރޭގައި، ޕާޓީގެ އާންމުމެމްބަރުންގެ މެދުގައި ރުހުންހޯދުމަށް ހޭލުންތެެރިކޮށްގެންނޫންތޯއެވެ. މިސަރުކާރުގެ މައްސަލައަކީ ކޮބައިތޯ؟ ރައްޔިތުން އަންބާކިޔާފައި ދިންވޯޓުން ހޮވި ސަރުކާރު ފާލުންނެއްޓީ ކޮންކަމެއްގައިތޯ؟ ސަރުކާރު ޖަވާބުދާރީ ކުރުވަން އިދިކޮޅުސިޔާސީ މައިޕާޓީއިން މަގުހިނގާންފައްޓަން އުޅުމުގެ ނަތީޖާއަކީ ކޮބައިތޯ؟ މިއަދު އޮތް ސަރުކާރުގައި ފުރާފުރިހަމަކޮށްފައި އެވަނީ ޤާނޫނުގެ ބާރުވެރިކަން ނޫންތޯއެވެ؟ މަޖިލިސް ސުޕަމެޖޯރިޓީ އާއި އެންމެގިނަ މެމްބަރުން ތިބީވެސް ސަރުކާރު ހިންގާޕާޓީގައި ނޫންތޯ؟ ސިޔާސީ ބަތްތަވާހިންދަން ލޮނާއި ފެންހެޔޮވަރުކޮށްގެން ތިބީ ސަރުކާރުފަޅިނޫންތޯއެވެ؟ އެހެންކަމުން ބަދަލުގެންނަންވީ ބަދަލު ހިފުމުގައިތޯ؟ މިހާރު އޮތް އިދިކޮޅުން ކުރަންއުޅޭކަމެއް ވާންއުޅޭކަމެއް ނިކަން ބުނެދީބަލާށެވެ! ނޫނީ ހަނަފަސް ސަހަރާގެ ދިގުދަތުރަކަށް ޖަމަލަށް ފެންބޯންދެނީތޯއެވެ. މިއެހެންތިއްބާ ދެވަނަ ދައުރު ކިހިލިޖަހާލައިގެން ހިނގާދާނެއެވެ. އޭރުންދެންއޮންނާނީ ބުޅިކަނޑާފަ ހޮރަށްވަދެއެވެ.
See More
Ibrahim Azim
@IbrahimAzim9
about 23 hours ago
އަދުގެބަސް: ކާންބޭނުންކުރާ ތަށިހަޑިވަނީ އޭގައިވާކާނާ ކައިނިމުނީމައެވެ.
Ibrahim Azim
@IbrahimAzim9
2 days ago
ބޮޑުބަދަލަށް ތައްޔާރު، ބަދަލާއިނުލާ ތަރައްޤީއެއްނެތް! ހެޔޮބަދަލުއެއީ ނިމުމެއް އޮތްކަމެއްނޫނެވެ. ބަދަލާނުލާ ދިރިއުޅުން ފުރިހަމައެއްނުވާނެއެވެ. ދުވަހުން ދުވަހަށް ގެންނަބަދަލުތަކުގައި ކުރިމަތިވާ ހިތްދަތިކަމުން އަދި އުފާވެރިކަމުން ހިއްސާކުރާ ބަދަލުން ނަތީޖާނެރެންޖެހެއެވެ. ދުނިޔޭގެ ދިރިރުންވަނީ ބަދަލުތަކެއްގެ ވަށްބުރުގެ ހަމަތަކުން ގުޅިލާމެހިފައެވެ. ޢަމަލުކުރުމަށް ޤާނޫނު އަސާސީ އެބައޮތެވެ. ވެރިކަން ކުރުމަށް ހަމަތާކާއި އުޞޫލަތައްވެސް އެބަހުއްޓެެވެ. މައުލޫމާތު ލިބިގަތުމަށް ގޭގެ ސިޓިންރޫމުތަކުގައި އިލްމީފޮަތްތަކުން ފޮތްހަރުގަނޑުތައްވެސް އެވަނީފުރިފައެވެ. ނަމަވެސް ހެޔޮބަދަލަކީ ދިރިއުޅުމާއި ވަކިނުކުރެވޭނެ އެއްޗެކެވެ. ވަގުތަކީ ވެސް ބަދަލެކެވެ. ދިރިއުޅުމުގެ ހާލަތަކީވެސް ބަދަލެކެވެ. ސިޔާސީބަދަލަކީ އަދިމާބޮޑަށް ބޭނުންޖެހޭ އޭގެ ފޮނިމީރުކަން ރައްޔިތުންނަށް ފޯރުކޮށްދޭ ބަދަލެކެވެ. ދިރިއުޅުމުގެ ކޮންމެ ދުވަހަކީ ބަދަލުތަކަށް އިންތިޒާރުކުރާ ދުވަހެކެވެ. ބަދަލުގެ ނަތިޖާ ނެރުމަށް ވިސްނާފިކުރުކުރާ ދުވަހެކެވެ. ބަދަލުގެންނަށް ފަސްޖެހެންވީ ކީއްވެތޯއެވެ. ނުރަނގަޅު ބަދަލެއްވިއްޔާމު ރަނގަޅު ބަދަލަށް ބަދަލުކޮށްލާނީއެވެ.އެއީ ބަދަލުގެ ހަޤީޤީބޭނުމެވެ. އިއްޔެވެސް އަދި މިއަދުވެސް ދިރިއުޅުމުގައި ކުރިހޯދަނީ އާޚިޔާލުތަކުގެ އަލީގައި ބަދަލުގެނެސްގެންނެވެ. ދުނިޔޭގެ ކުރިއެރުންއެއީ ދިރާސީބަދަލުތަކެއްގެ އެހީގައި ލިބޭ ފޮނިމީރުކަމެކެވެ. މިއަދު ޒުވާނުންގެ ހިއްސާ ނެތްބަދަލެއްނެތެވެ. މިއަދުގެ ދޮށީއުމުރުގެ ފަރާތްތައް ބަދަލުގެ ބުރަދަން އެބަކިޔާދޭން ޖެހެއެވެ.
See More
Ibrahim Azim
@IbrahimAzim9
3 days ago
ހަޤީޤަތްޤަބޫލުކުރައްވާ! ފަސްދިން ސިޔާސީ ތާރީޚު ވަޒަންކޮށްލާއިރު މިފެންވަރަށް ޖައްސާނެ ދެވަނަފަރާތެއް އަދިވެސް މިއަދުގެ ސިޔާސީ މައިދާނަކުނެތް! އޭގެމާނައަކީ އެންމެމޮޅި އެއީއެއްނޫނެވެ. ނަމަވެސް ކަމެއްބޭނުންވީމާ އެކަމެއް ހާޞިލްކުރުމަށް ހަމައާއި އުޞޫލުން ގަދައަޅާ މަސައްކަތް ކުރުމަކީވެސް އޮތްކަމެކެވެ. ހިއްސާކޮށްފައިވާ ފޮޓޯގައިއެވަނީ ނުވާކަމެއްނޫން މީއީވީކަމެއް! އެއީ ސިޔާސީ މަސައްކަތުގެތެރެއިން މާޒިގެ އެދުވަސް! މާޒީގެ އިބުރަތްތަކުން އަދިވެސް ޖާގައޮތް މޫސުމީ ކުރިމަގުއޮތް ރައްޔިތުންގެ ހާލުބެލުމުގައި މުރާލި ހާލަތާއި ބަދަލަށްފަރިތަ ހިތްހެޔޮ އެކުވެރިވެރިއެެއް! އެއީ ސިޔާސީ ވާދަވެރިން ދަމަހައްޓަންކެރޭ މާފުކުރަންދަންނަ މިތުރެއް. ދެބަސްވުމުންތަކުން އެއްބަސްވުން ހޯދާ ސިޔާސީ އޮޑިދުއްވަން އިނގޭ ރާއްޖޭގެ ހުރިހާ ކަނޑުފަޅުދަންނަ މާކެޔޮޅެއް! ވެއްޓޭތަނުގައި ބަލިޤަބޫލުކުރާ،ކާމިޔާބީގައި ހިތްތިރި ފަހުލާވާނެއް. ކުޅަދާނަ ވަހާކަދެއްކުންތެރިއެއް، ވާހަކައިން އިތުބާރުއުފައްދާ އަދި މަންޒިލްހޯދާ ދުވުންތެެެރިއެއް! ކޮންމެ ގޭބިސީގެ ބަދިގެއަކަށް ވަންނަށްކެރޭ ކާތަކެތީގެ ލޮނުހެވަރުކޮށްރަހަބަލާ ފަޚުރުވެރި ދިވެެއްސެއް. ރައްޔިތުންގެ ތިޖޫރިން ނިކަމެތި ރައްޔިތުންނަށް ހެޔޮގޮތް ހޯދި ނަމޫނާ ވެރިއެއް. އަދިވެސް އެއީ ބަދަލަކަށް ސިޔާސީ މައިދާން ދަސްކުރަމުންދާ ހީވާގި ކެރޭ ސަހުސެއް.
@MohamedNasheed
See More
Who to follow
Lt. General Shamaal (Ret.)
@LtGenShamaal
Lieutenant General Abdulla Shamaal (Ret.) MA MSC ndu psc / Former Chief of Defence Force @MNDF_Official
Supreme Court of the Maldives
@SCMaldives
Official Twitter account of Supreme Court of the Maldives
Muzayyin Nazim
@tedmaldives
Journalist @Dhaurunews
Ibrahim Azim
@IbrahimAzim9
4 days ago
ދަސްވީފިލާމެހިދެބަސް ކަންވީގޮތާމެދު އަދިވިސްނަވާ ދަސްކޮށްފިދެފަހަރުހޮރުން ހަށިތައްވެދާވިހަ ވިސްނަވާ ވަކިވާންއުޅޭ މީހުންސަފުން ދޫކޮށްނުލާ އަދިވިސްނަވާ ވަކިތައްއަޅާމަސްކާންއުޅުން ދޫދޭންދެވަނައަދިވިސްނަވާ ބާކިވަނީއަދުކޮންބައެއް ބާރެއްލިބުން އެދިވިސްނަވާ ބާރުތައްއެކުވާނެހަމަހަމަ ގާތުގާތިބި މިތުރުނޭވިސްނަވާ އެކަނިވާނީ ކޮންވެެރިކަމެއް ބަދަލަކަށް އެދިވިސްނަވާ އެކިދިހަމަތިންއެބަކަންހިނގާ އިބުރަތްކަމަށްހިތްވިސްނަވާ
See More
Ibrahim Azim
@IbrahimAzim9
4 days ago
ހިތެއްސާފުއޮވެގެންތާ ދަތުރުކުރިމަގުހިފަންވާނީ ހިތުންއެކުވާގޮތެއްގާތާ މަދަދުގެތި އަތްގުޅަންވާނީ މަލާމަތްކުރިބަސްމަގުންގިނި ތުރާތައް މާފުވާންވާނީ މަލެއްވެދުމަށްދެވޭކުލަ ވިދާރަންރީނދުލޭވާންވާނީ އޮތީދަތުރޭއެކީތިބެގެން ބަނދަރުހިފުމަށް އެދެންވާނީ އޮޔާދަތަންބަލަންދޫ ކުރަންހިތިނޫންގޮތޭ ވާންވާނީ ކުރިންބުނިބަސްބަދަލުދީ އަލުންއެންމެން އެކީވާނީ ކުރިތައްއަލުންހެދިވައިފެނުން ބަދަލޭޔަޤީންއެކުވާނީ
See More
Ibrahim Azim
@IbrahimAzim9
4 days ago
ވެދުމަށްދިނީ މާބޮޑިހުދޭ ޝަރަފެއްގެބޮޑު އެނިޝާނެކޭ ވެދުމެއްކަމަށްފުދޭނެތާ ވެއްޓޭރުމާކޮޅު ތިރިފައިބުޑަން. ހުދުހެދުމުގައި އިއްޒަތްވެޔޭ ދެއްކޭޝަރަފު އެނިޝާނެކޭ ހިތްތައްމޮޅިން ސަފުތައްހަދާރައްދޭ ބެހީހިނިތުންވަމުން.
Ibrahim Azim
@IbrahimAzim9
5 days ago
މާލޭސިޓީގެ މަގުތައްމަތީގައި ދުންފަތް އަވީލުން، ބިޑީގެ އަގު އުފުލިއްޖެ.
Ibrahim Azim
@IbrahimAzim9
5 days ago
މާވަޑިއާ ތިލަކޮށްލި ސުވާލު: ެުއުމުރުންދުވަސްވީ ބުއްދިވެރި އޮޑިބަނދެހަދާ މާވަޑިއަކާއި ދިމާވެގެން ދެކެވުނު ވާހަކެއްގައި އެމާވަޑިޔާބުނީ، ކަމަޅިމަތީ އާއޮޑިއެއް ބަންނަށް ދުވަސްނަގާނެކަމަށެވެ. މިހާރު އެދަތުރުކުރާ އޮޑިބާވާން އަދިއަހަރުތަކެއްނަގާނެއެވެ. އެ ދަތުރު އޮޑިކޮޅަންނުޖެހޭހާ ހިނދަކު އަދި ދަތުރުކޮށްލަކޮށްލާ ހުއްޓާ، އާއޮޑިއެއް ބަންނާނެ ބޭނުމެއް އެބައޮތްތޯއެވެ؟ ވަގުތާ ހާލަތައްބަލާއިރު ދަތުކުރުމުގައި އޮތް ބާއޮޑި ކޮންމެ މޫސުމަކަށް އަދި ކޮންމެ ކަނޑަކަށް ކުފޫހަމަވޭނޫންތޯއެވެ. ގޮތްނިންމާނީ އޮޑިވެރިޔާއެވެ. ކޮޅާއޮޑިއޮންނާނީ އެހެލާފައެވެ.
See More
Ibrahim Azim
@IbrahimAzim9
6 days ago
އުއްބައްތީގެ ނަށާހިޔަނީގެ ހުޅުކޮޅުގެ އަލީގައި ސިޔާސީ މަގުހޯދަން އުޅުމަކީ، ރޭގަނޑު ބައްތީގެ އަލިކަމަށް ޕަރުވާނާތައް އެއްވުންފަދަކަމެކެވެ. ސުލްހައިގެ ހުޅުކޮޅު ނިންވާނުލާށެވެ. ނަމަވެސް ނަފުރަތުގެ ހުޅުކޮޅުނިންވާލާށެވެ. ޖަޒުބާތުގައިޖެހި ބަދަލުހިފުމަކީ އެބަދަލު އަނބުރާ އެމީހަކަށް ރައްދުވާނެ ކަމެކެވެ. ނިންމާނީ އެންމެންއެކީ ގުޅިގެންނެވެ. ވަގުތާއި ފުރުޞަތުއޮތީ ބޮޑުފަޅިއަށެވެ. ބުރުހަމަކޮށް ރޭސް ނިންމާނީ ފެށިރޮނގަށެވެ.
See More
Ibrahim Azim
@IbrahimAzim9
6 days ago
ހާލަތް ބަދަލުކުރަން ދިންވޯޓަކީ ބުރަދަންހުރި ނަތީޖާއެއް: އިންތިހާބުގައި ކާމިޔާބީގެ ފަހަތައް ގިނަމީހުން ދާނެއެވެ. އެއީ އިންސާނުންގެ ތަބީއީސިފައެކެވެ. ބަލިވާމީހުންނަށް މަލާމަތްކުރުން އިތުރުވެއެވެ. އަދި ގިނަމީހުންގެ ފާޑުކިޔުން އަމާޒުވެގެންދެއެވެ. ނަމަވެސް ޤަބޫލުކުރަންޖެހޭ ހަޤީޤަތަކީ ހާލަތައް ބަދުލުވުމެވެ. ކާމިޔާބީއަކީ ބުރަމަަސްކަތެއް ދެމެހެއްޓުމަށް ކުރަންޖެހޭ ބަރު އުނދަގޫ ފެށުމެކެވެ. ނާކާމިޔާބުވުމަކީ ކާމިޔާބީގެ ލަނޑުދަނޑިތައް ދެނެގަނެ ޖަޒުބާތާއި ފިތުނައިން ދުރުވުމެވެ. އެންމެންއެކީ ގުޅިގެން އާފެށުމަކުން ފެށުމެވެ. ފަސްދިންތައް އެދިޔައީއެވެ.ގޮތްނިންމީ ވޯޓުންނެވެ. ބަދަލުކުރާނީވެސް ދެބަސްވުންތާއި އެކު އެއްބަސްވުންނެރެގެން އެންމެންގުޅިގެން އެކީގައެވެ. ކުދިކިޔަން އިނގިލިދިއްކުރަން ތިބެވޭކަން ނެތެވެ. ހަލާތާމެދު ފުންކޮށްވިސްނާށެވެ. ބަދަލުގެ މަޝްވަރާގައި އެއްވެސް ފަރާތެއް ބާކީއެއް ނުވާނެއެވެ. ބާކީވެގެންވެސް ނުވާނެއެވެ. ފަހިވާ ކޮންމެ ފުރުޞަތަކީ ވަގުތާއި ހާލަތައްދޭ އިންޒާރެކެވެ.
See More
Ibrahim Azim
@IbrahimAzim9
12 days ago
ވޯޓުގެނަތީޖާ ސިޔާސީ ހިސާބުޖެހުން! ވޯޓުން ހޮވެނީވެސް އެއްފަރާތެކެވެ. ވޯޓުލުމުގެ ބޭނުނަކީވެސް އެންމެމީހެއްހޮވާށެވެ. މޮޅުވަނީ ގިނަވޯޓުލިބޭ ފަރާތެވެ. އަދި މޮޅުވާކަމަށް ނިންމަނީވެސް ގިނަވޯޓުލިބޭ އެއްފަރާތެކެވެ. ނަމަވެސް ސިޔާސީ ހިސާބުން ބަލިވާނެ ފަރާތެއްނެތެވެ. ސަރުކާރުޕާޓީގެ ބޮޑުން ޖަހާހިސާބުވެސް އޮވެއެވެ. އެއީ ދެރަޤަބޫލުނުކުރާ ހިސާބެވެ. މޮޅުޤަބޫލުކުރާ ކުރިއަށް ބޮޑުކޮށްވޯޓުނަގާނެކަމުގެ ހިސާބެވެ. ރައްޔިތުންގެ ވޯޓުން މީހަކު އެވަނީނަގާފައެވެ. އެއީ ރައްޔިތުން އެއްކޮޅާއި ދެކޮޅުވިސްނުމުގައި ވޯޓުލައިގެންނެވެ. އެހެންވެ ވޯޓުން މީހަކު މޮޅުވުންވެސް އެއީ ހަމަ ދާއިރާގެ ރައްޔިތުންގެ ނިންމުމެވެ. އަދި ވޯޓުންބަލިވުންވެސް އެެއީ ދާއިރާގެ ރައްޔިތުންގެ ނިންމުމެވެ. ކަންމިހެންއޮތްއިރު ޥޯޓުންބަލިވި ސިޔާސީޕާޓިގެ ހިސާބު މިޖަހާނަގަނީ ހިންޏަށް ހަކުރުއޮޅޫވަލާގޮތުގައެވެ. ރައްޔިތުން ގޮތްނިންމީމަ އެގޮތެއް އެއޮތިވޯޓުގެ ނަތީޖާއަށް ވެފައެވެ. އިތުރުބަހަނާއިން ބޭޒާރުވުން ނޫންގޮތެއްނެތެވެ. ބަލިޤަބޫލުކުރުމުގެ ހިތްވަރު ނެތްނަމަ ވޯޓުލީ ރައްޔިތުންނަށް ކުރާ އިހުތިރާމެއްނެތްނުންތޯއެވެ.
See More
Ibrahim Azim
@IbrahimAzim9
13 days ago
Sobe, Congratulations 👏
Ibrahim Azim
@IbrahimAzim9
14 days ago
ޒުވާނުންގެ ބާރުހިނގާ ވަކިސިޔާސީޕާޓިއެއް އޮތުމުގެ ބޭނުން ނުހަނުބޮޑު! ރާއްޖޭގައި ސިޔާސީ މައިދާނުގައި އަދި ޤައުމުގެ ހިންގުމުުގެ އެންމެކުރީސަފުގައި ތައުލީމީ ޒުވާނުން ބާރުވެރިކުރުވުމަށްޓަކައި އަޑުއުފުލުން، ސިޔާސީ ޕާޓީތަކުގެ ތެރޭގައި ނެތެވެ. އަދި ވެރިކަމަށް، އާވެރިއެއް ނުވަތަ ޒުވާނެއް ހޮވުމަށް 100 ޕަސެންޓު އިތުބާރުކުރާ ވަކި ސިޔާސީ ޕާޓީގެ ލީޑަރެެއް އަދި ނުފެނެއެވެ. ނަމަވެސް ކޮންމެ ސިޔާސީ ޕާޓީއެއްގައި ޒުވާނުންގެގޮފި ހިންގައެވެ. އެއީ ޒުވާނުންނަށް ސިޔާސީ ޕާޓީތަކުން އޮންނަ ހައްޤު މިންވަރެވެ. މިއަދުގެ ބަދަލަށް ބަލާއިރު،ސިޔާސީ ޕާޓީއެއްގެ ކުރިމަގުއޮތީ ޒުވާނުން ޕާޓީގެ ލީޑަރުންގެ ރޯލްެއަދާކުރުން ހޮވައިގެންނެވެ. ނަމަވެސް އެއީ ފުރުޞަތުނެތް "ޒުވާންގޮފި" އެއީ ހަމަނަމެއްގައި އޮންނަކަމެކެވެ. ހަޤީޤަތަކީ މިއަދު ސިޔާސީ ޕާޓީތަކަށް ނަޒުހިންގާލާއިރު އެޕާޓީތަކުން ފެންނަމުންދަނީ ޖަޒުބާތުގައި ޖެހިގެން ސިޔާސީ ހަރަކާތްހިންގާތަނެވެ. އަދި ވެރިކަންކުރުމަށް ސިޔާސީ ޕާޓީގެ ލީޑަރުންނޫން ބަޔަކަށް ދޫދިނުމެއްނެތުމެވެ. ކަން މިހެން އޮތުމުން ޤައުމުގެ ޒުވާނުންގެ ހިއްސާ އޮންނަ ސިޔާސީޕާޓީއެއް އުފަންދަން ހުރިހާޒުވަނުން އެކުވުން އެބަމަޖުބޫރުވެއެވެ. ޒުވަނުންގެ ޕާޓީއެއް ބޭނުން ޤައުމަށްނުނަހު ބޭނުންތެެރިކަމަށް އަޅުގަނޑުދެކެވެ. ޤައުމުގައި އަލާވަމުންދާ ސިޔާސީ ޖަޒުބަތުގެ އޮއިވަރު ޤައުމުގެ ތަރައްޤީއަށް ބަދަލުކުރެވޭނީ ޒުވާނުންގެ ޤައުމީ ފިކުރުދިރިވުމަށް ޒުވާނުންގެ ފުރިހަމަބާރު އޮންނަ ޒުވާނުންގެ ސިޔާސީ ފިކުރެއްއުފައްދައިގެންނެވެ. ސިޔާސީ ވިސްނުމުށް ކުފޫހަމަވާ ޒަމާނީ ބަދަލުވެސް ގެނެސްގެންގެންނެވެ. ނޫންނަމަ އަބަދުވެސް ފެންނާނީ ފަސްދިންމާޒީގައި ޤައުމުންދެކެމުން އައިސްފައިވާ ސިޔާސީ އިހުތިބި ލީޑަރުންގެ ފިތުނައިން ޖަޒުބާތުގައިޖައްސުވާ ރައްޔިތުން މަގުމަތީގެ މުޒާހަރާކުރުންނޫންތޯއެވެ؟ ޒުވާނުންގެ ޤައުމީ ވިސްނުން ބަދަލުކުރަންވީ މިހާރު ޤައުމުގައި އޮތް ސިޔާސީ ޕާޓީގެލީޑަރުގެ ހިތްހަމަޖެއްސުމަށް ޕާޓީގެ އާންމުމެމްބަރުން މިސްރާބެއްނެތި ތެޅިބޭލުން ނިމުމަކަށް ގެންނަންނޫންތޯއެވެ. ޒުވާނުންގެ ކެރުމާއި ހިތްވަރު މުޅިޤައުމަށްދައްކަމާ ހިނގާށެވެ.ޤައުމުގެ ތަރައްޤީގައި ޒުވާނުންގެ ހިއްސާއެބައޮތެވެ. އެފުރުޞަތު ޒުވާނުންޖެހޭނީ ހޯދުމަށް މަސައްކަތްކުރާށެވެ. ޒުވާނުން ސިޔާސީ ހަރަކާތްތަކުގައި އުޅުމަށް ވަކިސިޔާސީ ޕާޓީއަކަށް ނުވަތަ ވަކި ލީޑަރެއްގެ ހިޔަލަށް ވަންނާކަށް ނުޖެހޭނެއެވެ. ފުރުޞަތުހޯދަން ބަސްބުނާށެވެ. ލިބިފައިވާ އިލްމާއި ހުނަރުން ހިތްވަރުނެރޭށެވެ. މިއީ އެންމެންގެވެސް ޤައުމުއެވެ. ޤައުމު ތަރައްޤީވެކުރިއެރުމަކީ ކޮންމެ ދިވެއްސެއްގެވެސް ބޭނުމެވެ.
See More
IbrahimAzim9
retweeted
Dr Mohamed Muizzu
@MMuizzu
16 days ago
އަމިއްލަ ނަފުސަށް އިތުބާރުކުރާ، ޢަޤީދާ ވަރުގަދަ، ރޫޙާނީ އަދި ޖިސްމާނީ ގޮތުން ދުޅަހެޔޮ، ޤައުމިއްޔަތަށް ލޯބިކުރާ، ޒިންމާދާރު، ރައްޔިތެއް ބިނާކުރުމަށް ސަރުކާރުން ފަށާފައިވާ ދިވެހި ވަޠަނީ ޚިދުމަތުގެ ތަމްރީނުގެ ދެވަނަ ބެޗް ފުރިހަމަ ކުރި ޒުވާނުންގެ ތެރެއިން، ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނުގައި ބައިވެރިވުމަށް ކުރިމަތިލި ބައިވެރިން ބ. ކިހާދޫގައި ޤާއިމު ކޮށްފައިވާ އެމް.އެން.ޑީ.އެފްގެ ސްކޫލް އޮފް އިންޖިނިއަރިން އެންޑް ލޮޖިސްޓިކްސް އަށް މިއަދުވަނީ ފުރާފައި. ރާއްޖޭގެ 17 އަތޮޅެއްގެ 50 ރަށަކަށް ނިސްބަތްވާ، 16 އަހަރާއި 19 އަހަރާއި ދެމެދުގެ 77 ޒުވާނުން ބައިވެރިވާ މި ތަމްރީނުގައި ތަފާތު 6 ފަންނީ ދާއިރާތަކުން ތަމްރީނު ފުރިހަމަކުރުމުގެ ފުރުޞަތުލިބިގެން ދާނެ.
See More
Ibrahim Azim
@IbrahimAzim9
16 days ago
ވިޔަސްހެވޭ ނުވިޔަސްހެވޭ ދެންބޭޒާރު: ސިޔާސީޕާޓީގެ މަސައްކަތް އަމާޒުވަނީ ސިޔާސަތުތަކެއް ކަނޑައެޅުމަށް ނޫނީ ސިޔާސަތުތަކަށް ފާޑުކިޔުމުގައިތޯއެވެ؟ ވެރިކަންކުރިވެރިންގެ ވެރިކަންތައް ނުވަތަ މިހާރުއޮތް ވެރިކަމުން ރައްޔިތުން ދުށީ ނުވަތަ ދެކެމުންދަނީ ތަފާތު ޒާތީ ފިތުނައިގެ ޖަޒުބާތުގެ ތެރޭގައި ނޫންތޯއެވެ؟ ހެޔޮވެރިކަމެއް އުނިވެރިކަމެއް އިނގެނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ނެރޭނަތީޖާއިންނެވެ. ސިޔާސީ ލީޑަރުންގެ މައްޗަށް ރައްޔިތުން ކުރާއިތުބާރު ގުޅިލާމެހެނީ މޫސުމީއެއްޗެއްގެ ގޮތުގައެވެ. އެނބުރޭ ވައިރޯޅިއެއްގެ ސިފައިގައި ކުލަބަދަލުވާ ސިޔާސީ ޕާޓީގެ ހިޔަލަށެވެ. މެމްބަރުން ގިނަޕާޓީއަށް ވެރިކަންކުރާޕާޓީ ވުމުގެ ބޮޑުސިއްރު ރައްޔިތުން ދަންނާނެއެވެ. އަދި ބޮޑުފަޅިންއަށް ލިބޭ ވަގުތީ މަންފާއިން ދިރިއުޅުމުގެ ބޯހިޔާވަހިކަމުގެ ކުލި، ނުވަތަ ބެންކުދަރަނި ހަލާސްކޮށްލުމަށް ވެރިކަންކުރާ ބޮޑުޕާޓީގެ ނިވަލަށް ވަންނަށް އޯކޭވާން ޕާޓީގެ ދަފުތަރުގައި ޖެހޭބަޔަކު ތިބޭނޫންތޯއެވެ.އެއީ ހަމަ ސިއްރެކެވެ! ދައުލަތުން ބޮޑުޕާޓީއަށް ބޯކޮށް ލިބޭ އެތިވެސް އެހާބޮޑެވެ. ޤައުމުގައި މިފެނިގެންދަނީ ރައްޔިތުންގެ ފުދުންތެރިކަމާއި އުފެއްދުންތެރިކަމަށްވުރެއް ބޮޑަށް ސިޔާސީ ޕާޓީ ނުވަތަ ލީޑަރުންގެ މަސްލަހަތާގުޅުން ބޮޑުވާތަނެވެ. ހުރިހާ ހިތިކަމެއް ރައްޔިތުންނަށެވެ. ހުރިހާ ފޮނިމީރުކަމެއް ނަމެއްގައި ރައްޔިތުންނަށެވެ. ޒިންމާއުފަލީނެސް ޒިންމާއިން ރެކެނީ ހަމަރައްޔިތުންނެވެ. އަދި ގޮތްނިންމާނީވެސް ހަމަ ރައްޔިތުންނެވެ. ދިރިއުޅުމުގެ ތަކުލީފުތައް އުފުލާނީވެސް ނިކަމެތި ރައްޔިތުންނޫންތޯއެވެ. ގޮތްހޯދާނީ ރައްޔިތުން މިނިވަން ޚިޔާލުގައި މަސައްކަތްކުރުމުންނޫންތޯއެވެ. ބަޔަކު ދައްކާހާ ދަޅައަށް ހެއްލުމާދުރުވެގެންނެވެ. ފަސްދިންމާޒީގައި ކަންވީގޮތް އިބުރަތަކަށް ދެކިގެންނެވެ. ރައްޔިތުމީހާގެ އަމިއްލަ ޒާތީ ދިރިއުޅުން އެހެންމީހަކަށް ވިއްކާނުލާށެވެ. ދިރިއުޅުމުގެ ޒިންމާ އަމިއްލައަށްނަގާށެވެ. މިނިވަންކަމާއެކު ޤައުމާމެދު ބަސްބުނެ ގޮތްހޯދާށެވެ.
See More
IbrahimAzim9
retweeted
NTV
@NTVMaldives
17 days ago
#Dhoadhi
| 02 June 2026 https://t.co/JZVMdTKdZh
Ibrahim Azim
@IbrahimAzim9
19 days ago
ބަދަލު: ހާލަތެއްކުރިމަތިވަނީ ހާލަތުންގެނުވާން ބަދަލު. ހާލަތެއްނެތްނަމަމިއަދު ހާލުގެދުލުންނުބުނޭ ބަދަލު. ކޮންމެކަމަކުންދެނެތިބޭ ހެޔޮފިކުރުލާމެހި ބަދަލު. ކޮންމެހަމަފަރުދެއްހިލޭ އެދިގެން އެހީވާންހެޔޮ ބަދަލު. މާލިމަށިފެނިއެކިޔަނީ އާފާޑަކަށްބިރުސިފަ ބަދަލު. މާމަލުންވެދުމެއްކުރަންއިސް ބާރަކުން ފިކުރެއްބަދަލު. ޖަލުގޮޅިން އިވިދާހިތިޚަބަރު ދަބަރަށްއަހާ ވީބަދަލު. ޖަލުހަމަނުވޭ ފިނިދާނަކަށްމަޑު އުނިކަމެއްލިބިދޭ ބަދަލު.
See More
Last Seen Users on Sotwe
E.
Seen from
Spain
Ria Rose🥀
gay gym
Seen from
Vietnam
Huy một gang
Seen from
Vietnam
ملكة المحارم 🤤❤️🔥
คู่เเท้ อยากให้เมียลอง
Seen from
Thailand
OLGUN GEZGIN 50
Seen from
Turkey
Thầy Ông Nội
Seen from
Singapore
αqυαмєη
Seen from
Vietnam
kamek mancal
Seen from
Malaysia
Trends for you
1
Gabe
Under 10K tweets
2
México
Under 10K tweets
3
Tay Keith
Under 10K tweets
4
Fauci
Under 10K tweets
5
#criticalrolespoilers
Under 10K tweets
6
Caleb
Under 10K tweets
7
Rangel
Under 10K tweets
8
Juneteenth
Under 10K tweets
9
Toy Story 5
Under 10K tweets
10
Joey Bart
Under 10K tweets
Most Popular Users
1
Elon Musk
@elonmusk
240.3M followers
2
Barack Obama
@barackobama
119.3M followers
3
Donald J. Trump
@realdonaldtrump
111.6M followers
4
Cristiano Ronaldo
@cristiano
109.8M followers
5
Narendra Modi
@narendramodi
106.9M followers
6
Rihanna
@rihanna
97.5M followers
7
NASA
@nasa
92.1M followers
8
Justin Bieber
@justinbieber
90.7M followers
9
KATY PERRY
@katyperry
87.3M followers
10
Taylor Swift
@taylorswift13
81.1M followers
11
Lady Gaga
@ladygaga
72.6M followers
12
Kim Kardashian
@kimkardashian
69.6M followers
13
Virat Kohli
@imvkohli
69.3M followers
14
YouTube
@youtube
68.6M followers
15
Bill Gates
@billgates
63.6M followers
16
The Ellen Show
@theellenshow
62.5M followers
17
Neymar Jr
@neymarjr
61.9M followers
18
CNN
@cnn
61.9M followers
19
X
@x
60.9M followers
20
Selena Gomez
@selenagomez
60.4M followers
Olivia
Online
✨
⭐
💫