Home
Language
English
Türkçe
Bahasa Indonesia
About
Privacy Policy
Terms of Service
Pricing
Sign In
Download All
Share
Ilyas Hussain Ibrahim
@illabe
Born as a Politician, and A Prisoner of conscience - Amnesty International, former Minister of State, Ministry of Defence - Republic of Maldives.
New Zealand
Joined February 2011
3.9K
Following
4.8K
Followers
13.3K
Posts
Ilyas Hussain Ibrahim
@illabe
33 minutes ago
ދޮގާއި އޮޅުވާލުން އިންތިހާއަށް!! އިލްމުވެރިންނާއި އެހެން މަޝްހޫރު މީހުންގެ އޭއައި ވީޑިއޯތައް، ޓިކްޓޮކް ފަދަ ޕްލެޓްފޯމްތަކުގައި، އެބޭފުޅުން ނުބުނާ ވާހަކަތައް ހިމެނޭ ފޭކް ވީޑިއޯތައް ދައުރުވަމުންދާ ތަން އެބަފެނެއެވެ!! މިފަދަ އޭއައި އުފައްދާ ދޮގު ވީޑިއޯތަކުގެ ސަބަބުން، މިއީ ހަގީގަތުގައި ވެސް އެމީހާ ދައްކާ ވާހަކަ ކަމަށް އޮޅުވާލައިގެން ދެއްކިޔަސް، އެއީ ހަގީގަތުގައި އެމީހުން ބުނި ވާހަކައެއްތޯ ބެލުމަށް، މިއަދުގެ ޒުވާނުން ވަނީ މަސައްކަތްތަކެއް ކުރަން ޖެހެއެވެ!! މިހާ ހިސާބުން އިންސާނާއަށް، ﷲ ދެއްވި ބުއްދިއާއި އިޚްތިޔާރު މިވަނީ އެހެން ބާރަކުން ޖަހައިގަނެ ކޮންޓުރޯލްކޮށްފައެވެ!! މި ވީޑިއޯތަކުގައި އެބޭފުޅުން އެދައްކަވަނީ ހަގީގަތްތޯ ހޯދާއި ދަނެގަނެވޭނެ ހަމަ އެކަނި ގޮތަކީ ޒުވާނުން އަމިއްލަބުއްދިން ގުރްއާނާއި ސުންނަތުގެ ސައްޙަހަދީޘްތައް ކިޔާއި ދަސްކޮށް ފަހުމްވެގެންނެވެ. އަދި އަމިއްލަ އިސްލާމީ ޢަޤީދާ ވަރުގަދަކޮށް ގެންނެވެ!! މިކަން ނުކުރެވިއްޖެނަމަ، ދައްޖާލީފިތުނަ ވަށާލާއި އެދަލުގައި ތާށިކުރާނެއެވެ. ދެން ޖެހޭނީ ދައްޖާލުގެ ސުވަރުގޭގެ ލައްޒަތުގައި ހައްދެއް ނެތި މަޖާނަގާށެވެ. އެހެނަސް ދައްޖާލުގެ ސުވަރުގެ އަކީ އަހުރެމުން މުސްލިމުންނަށް ހުރި ނަރަކަކަމުގައި ކީރިތިރަސޫލާ ވަނީ ބަޔާންކޮށް ދެއްވާފައެވެ!! ވީމާ އަހުރެންގެ ނަސޭޙަތަކީ ކުރިއަރަމުންދާ މިދައްޖާލީ ތަހުޒީބު ޒަމާނުގައި ސާބިތުވެ ހުރެވޭނީ، އަމިއްލަ ފޮތާއި ސުންނަތް ދަސްކޮށް އަމިއްލަ ޢަޤީދާ ވަރުގަދަ ކޮށްގެނެވެ. މިއީ ވަރަށް ބުރަ އެހެނަސް ކުރަންޖެހޭ، ކުރެވޭނެ ކަމެކެވެ!! ގުރްއާން ތަރުޖަމާތައް ބަލާއި ކިޔުމަށް ފަހު ޢަރަބި ބަސްތަކުގެ ފުރިހަމަ މާނަ ވަކިވަކިން، ގުރްއާން އަމިއްލައަށް ފަހުމްވެގަތުމަށް އެބަ ދަސްކުރަން ޖެހެއެވެ. ކިޔަވާއި ދަސްކުރުމަށް އޭއައި އިން ސުވާލު ކުރެވިދާނެއެވެ. އެހެނަސް ދަންނަންވީ، އަޑުއަހާއި އިވޭ ހުރިހާ ވާހަކަތަކެއްގެ ހަގީގަތް ހޯދުމަށް ރުޖޫޢަވާން އޮތީ ހަމަ އެކަނި ގުރްއާނާއި ސައްޙަ ޙަދީޘްތައް ކަމެވެ!! ލޮބުވެތި ރައްޔިތުން، #ދިވެހިތަކުރުން ނޭވެ!! ވީމާ މިކަންތަކަކީ ދިވެހިދައުލަތެއްގެ ސިފައިގާ ބަލާ އިރު، ދިވެހިސަރުކާރުން ޚާއްޞަ ކޮމެޓީއެއް އޮވެގެން ވިސްނާއި ފިކުރުކޮށް އަޅަންޖެހޭ ފިޔަވަޅުތައް މިހާރުއްސުރެ އަޅަންފަށަންޖެހޭ ބޮޑު މައްސަލައެކެވެ. ހޭލާތިބެން ޖެހޭ ހިސާބަށް ހިނގައްޖެއެވެ!! ދިވެހިރާއްޖެ....ދިރިދެމިއޮންނާނެ!! 🇲🇻⚔️🇲🇻
See More
Ilyas Hussain Ibrahim
@illabe
about 2 hours ago
ވާން މިއުޅެނީ ކިހިނެތް!! ބޮޑެތި ޖައެންޓު ޓެކް ކުންފިނިތައް ކަމުގައިވާ، ޕެލަންޓިއަރ، އީލޮން މަސްކް އަދި އޯޕަން-އޭއައި ފަދަ ފަރާތްތަކުން، ޒުވާން ކުދިން ޔުނިވަރސިޓީ/ކޮލެޖަށް ދިޔުމުގެ ބަދަލުގައި ސީދާ އެ ކުންފުނިތަކުގެ ދަށަށް ވަކިޕުލޭނެއްގެ ދަށުން ގެންދާން ފަށައިފިއެވެ!! ފުރަތަމަ ބޮޑު ހަނގުރާމައަށް ފަހު އުފެދުނު ތަޢުލީމީ ނިޒާމުގެ ތެރޭގައި ހިމެނޭ ސްކޫލް، ކޮލެޖް އަދި ޔުނިވަރސިޓީތައް ކުރިއަށް އޮތް 3، 4 ނުވަތަ، 5 އަހަރު ތެރޭގައި ނެތިދާނެ ކަމުގެ ބިރު އިފެދޭން ފަށައިފިއެވެ. އާ ނިޒާމެއް ޤާއިމުކުރުމަށް ކުރިން އޮތް މިހާރު ބޭނުންކުރާ ތަޢުލީމީނިޒާމު ނައްތާލަން ޖެހޭ ކަމަށް އެމީހުން ދެކެއެވެ!! މިކުންފުނިތަކުން ޔުނިވަރސިޓީއަށް ވަންނަ ދަރިވަރުންނަށް ވަޒީފާ ނުދޭނެ ކަމަށް ބުނަމުންދާ ކަމަށާއި، އޭގެ ބަދަލުގައި ސްކޫލް ނިންމުމާއެކު ސީދާ އެމީހުންގެ ކައިރިއަށް އައުމަށް ބުނެ، 3 ނުވަތަ، 4 އަހަރު ޑިޕްލޮމާ، އަދި ޔުނިވަރސިޓި ޑިގްރީއަކާ ނުލައި މަސައްކަތް ކުރުވުމަށްފަހު ކުންފުނީގައި ދާއިމީ މަސައްކަތް ފަށާ ގޮތަށް ކަންކަން ރާވައެވެ!! ޕްރޮގްރާމަރުންނާއި ކޯޑިންގ ހަދާ ކޯޑަރުން ވަޒީފާއިން ވަކިކޮށް، އޭއައި މެދުވެރިކޮށް ޕްރޮގްރާމްތައް ހަދަންފަށައިފިއެވެ. އަދި އޭއައި އެންމެ ފުރަތަމަ އުފެއްދި މީހުން ވެސް އެކުންފުނިތަކުން ބޭރުކޮށްލާފައިވެއެވެ. އަދި އެފަދަ ކިޔަވާއުމުރުގެ ޒުވާންބެޗްތަކެއް އެކުންފުނިތަކަށް މިހާރުވެސް ނަގާފައިވެއެވެ!! އެމެރިކާގައި ވެސް ޔުނިވަރސިޓީތަކަށް ގްރާންޓްތައް ދިނުން ހުއްޓާލުމާއި ބޭރުގެ ދަރިވަރުން ގެނައުމަށް ދަތިކުރުން ފަދަ ކަންކަން ހިނގަމުންދާތަން އެބަ ފެނެއެވެ!! ވީމާ ދުނިޔެ މިސްރާބު ޖަހާފައި މިވަނީ އަނެއްކާ ވެސް ތިންވަނަ ބޮޑު ހަނގުރާމައަކަށެވެ. ދުނިޔެއަށް ބޮޑުބަދަލެއް ގެނައުމަށް މިކުންފުނިތަކުން އެތިބީ ތައްޔާރަށެވެ. ފަހު ޒަމާނާ ގުޅޭގޮތުން ގުރްއާނާއި ސުންނަތުން ބުނެދީފައި ހުރި ހުރިހާކަމެއް ދަނީ ބަރާބަރަށް ދިމާވަމުންނެވެ!! ލޮބުވެތިރައްޔިތުން، #ދިވެހިތަކުރުން ނޭވެ!! އަހުރެމެން މުސްލިމް ދިވެހިން ފަހުޒަމާނުގެ މިފިތުނައިން ރައްކާތެރިވުމަށް ތައްޔާރުވާން ޖެހެއެވެ. އަމިއްލަ ފޮތާއި ދީނަށް ރުޖޫޢަވާން ޖެހެއެވެ!! ދިވެހިރާއްޖެ....ދިރިދެމިއޮންނާނެ!! 🇲🇻⚔️🇲🇻
See More
Ilyas Hussain Ibrahim
@illabe
about 4 hours ago
މިއީ ހަމަ މީހުންބޯކާން ދައްކަވާ ވަގުތީ ޖަޒްބާތީ ވާހަކަތަކެވެ. އަދި ވެސް އެއްކޮށް ބިދޭސީންނަށް ރަށްވެހިކަން ދިނުމާއި ޓައުންޝިޕާއި ޚާއްސަ ޝަހަރުތައް ހެދުން ގޯހެއް ނުކުރައްވައެވެ. އެވިދާޅުވަނީ މާލެ އާ ދުރަށް ގެންދަންވީ ވާހަކައެވެ. މިއީ ހުސްވާހަކަތަކެވެ. އޮޅުވާލުމެވެ. 4 ވަނަ ފަހަރަށް މިމަޅީގައި ނުޖެހޭށެވެ. އެމްޑީޕީގެ ގައުމީމަޖްލީސް މިއަދުގެ ވޯޓުގައި ނެގޭތޯ ކުރާހާ ވަގުތީ މަސައްކަތެވެ. މާދަމޤ ބަދަލުވާނެއެވެ. ހެންލީން މަދަދު ހޯދާނެއެވެ. އީގަލްހިލްސް އޯކޭ ވާނެއެވެ!!
See More
Adhadhu
@AdhadhuMV
about 5 hours ago
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އިންޑިއާގެ ޖީއެމްއާރާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހަވާލުކުރުމުގެ ކުރިން އެކަމާ ގުޅޭގޮތުން ރައްޔިތުންގެ މެދުގައި ފެންނަ ނުފެންނަ ވޯޓެއް ނުނެގުމަކީ ގޯހެއް ކަމަށް އެމަނިކުފާނު ވިދާޅުވި 📄: https://t.co/kcPfSMcU8G
See More
AdhadhuMV's tweet video.
Ilyas Hussain Ibrahim
@illabe
about 4 hours ago
މިއީ ހަމަ މީހުންބޯކާން ދައްކަވާ ވަގުތީ ޖަޒްބާތީ ވާހަކަތަކެވެ. އަދި ވެސް އެއްކޮށް ބިދޭސީންނަށް ރަށްވެހިކަން ދިނުމާއި ޓައުންޝިޕާއި ޚާއްސަ ޝަހަރުތައް ހެދުން ގޯހެއް ނުކުރައްވައެވެ. އެވިދާޅުވަނީ މާލެ އާ ދުރަށް ގެންދަންވީ ވާހަކައެވެ. މިއީ ހުސްވާހަކަތަކެވެ. އޮޅުވާލުމެވެ. 4 ވަނަ ފަހަރަށް މިމަޅީގައި ނުޖެހޭށެވެ. އެމްޑީޕީގެ ގައުމީމަޖްލީސް މިއަދުގެ ވޯޓުގައި ނެގޭތޯ ކުރާހާ ވަގުތީ މަސައްކަތެވެ. މާދަމޤ ބަދަލުވާނެއެވެ. ހެންލީން މަދަދު ހޯދާނެއެވެ. އީގަލްހިލްސް އޯކޭ ވާނެއެވެ!!
See More
Who to follow
Ahmed Muizzu
@AhmedMuizzu
Lawyer, practicing since 1990
Mohamed Thoriq
@ManadhooThoriq
At heritage since '88 | Fmr Minister of State for Arts, Culture, and Heritage | Ex-MP & Constitutional Assembly Member | Passionate Cultural Heritage Advocate
Shuaib Ali (Furahani)
@ShuaibMaldives
🟩🟥⬜️ One of MDP founder, Former. MDA NEC member, SPC’s President, Former Policy Dpt. Secretary of President’s Office. Independent Candidate Male’ City Mayor
illabe
retweeted
Mohamed Maleeh Jamal
@maleehjamal
about 18 hours ago
ޤައުމަށް ޓަކާ ދީނަށް ޓަކާ ވަތަނަށް ޓަކާ މިރޭ އެމްޑީޕީއިން ކުރިޔަށް ގެންދާ މުޒާހަރާ އިތުރަށް ފުރިހަމަ ވާނެ މުޒާހަރާގެ ކުރިން ރ.ނަޝީދު އަންޑަން ފައުންޑޭޝަންގެ އެޑްވައިޒަރ ކަމުން އިސްތިއުފާ ދީފިނަމަ. ވެސްނުން ބަދަލުވުމަކީ ހެޔޮފާލެއް. ޕާރލް ރެސިޑެންސީ ހުއްޓާލާ.
#Henleypartnersout
See More
Ilyas Hussain Ibrahim
@illabe
about 4 hours ago
ޚަލްޤުކުރެއްމުގައި ހުންނަ ޖިންސާމެދު ނަފްސާނީގޮތުން އުނދަގޫވުމަކީ ނަފްސާނީ މައްސަލައެކެވެ. ފަހުވާ ހޯދަުން އޮތްކަމެކެވެ. ޖިންސުބަދަލުކޮށް ހިތްހަމަޖެއްސުމަކީ މަނާކުރައްވާފައިވާ ކަމެކެވެ!! ކަލޭކައިރީގައި ޖެންޑަރ ޑިސްފޯރިއާއަކީ ފާފައަކަށް ނުވުމަކީ މުސްލިމް އުންމަތަށް އޮތް ހުއްދައަކަށް ނުވާނެވެ!!
See More
Ilyas Hussain Ibrahim
@illabe
about 24 hours ago
ހާދަހާ ދެރައެވެ!! މުސްލިމް ދިވެހިދައުލަތް އިސްލާމީ އަސާސްތައް ނުގެއްލޭމަގުން ހިންގުމަކީ އަބަދުވެސް ދިވެހިދައުލަތާއި އެއިރެއްގެ ސަރުކާރުގެ އެންމެ މަތީ ޒިންމާއެވެ!! މިފަދަކަންކަން ސަރުކާރުން ނުބަލަހައްޓާ ނަމަ ރައްޔިތުން ނުކުމެ މިފަދަކަންކަން ހުއްޓުވަން ޖެހޭނެއެވެ. މިއީ، #ދިވެހިތަކުރުން ގެ ދިވެހިރާއްޖެއެވެ!! 🇲🇻⚔️🇲🇻
See More
Midhuam Saud(米渡)🇲🇻
@Midhuamsaud
1 day ago
Novelty. In front of Galolhu Park. 📸 Fazal
Ilyas Hussain Ibrahim
@illabe
about 5 hours ago
ކަލޭ ހިތުން ނެކްސްބިސް އޭ ބުނީމާ އެޖުހުނީ ހަރުތަނުގައެވެ. އެއީ އެއްވެސް ކޮރަޕްޝަނެއް، ފަސާދައެއް ހިމެނުނު ކަމެއްނޫނެވެ. 3 މަސް ވަންދެން އިމިގްރޭޝަނުގެ ހުރިހާ ސެކްޝަންތަކެއްގައި ނޯޓުފޮތެއް ބާއްވާއިގެން ދިވާވަމުން ދިޔަ ހުރިހުރިހާ މައްސަލަތަކެއް ނޯޓުކުރުމަށް ފަހު ދައުލަތުން އެއްވެސް ޚަރަދެއް ނުކުރާ ގޮތަށް ޖުމްލަހައްލެއް މުޅ އިމިގްރޭޝަނަށް އަދި ދިވެހި އައިޑީކާޑަށް، ތަންފީޒީ، 4 އިދާރާ ގުޅާލެވޭ ގޮތަށް، ގައިމު ކުރަން އޭރުގެ ކެބިނެޓުން ހުއްދްަ ދެއްވައިގެން ހިންގުނު މަޝްރޫޢެކެވެ!! އެހެނަސް އިންޑިޔާ އަދި އެމެރިކާ އޭގެ ތެރެއަށް ވަދެ ނުރުހުމުންނާއި ދިވެރިރާއްޖޭގެ ވަގުފާރީގެ ބޮޑުންނަށް އެސިސްޓަމުން ވާނެ ގެންލުން ހީވެގެން ހުއްޓުވާލި ކަމެކެވެ. އަދި ބަދަލު ދިނީ ދެކޮޅުންކާންވެގެން ދަގަނޑުއަންހެނާ އާޒިމާ އަޑީގައި ހުރެގެންނެވެ!! މިވާހަކަ ތަފްސީލުކޮށް ކިޔާލަން ބޭނުމިއްޔާ ތެދު މައުލޫމާތު އަހުރެންގެ ގަލަމުން ލިބިގަންނާށެވެ. ނޫނީ ކަލޭގެ ކޮށި ވިސްނުމުގައި ހުންނާށެވެ!! މިވަރުން ހަގީގަތް ދަނެގަންނަން ބޭނުން ނުވަންޏާ ތިޔަ ކޮށި ވިސްނުމުގައި މީހުން ބޮލުގައި ދޮގުތުހުމަތު އަޅުވަމުން ދުވާށެވެ!! ލިބިދާނެ ފައިދާއެއް ހޯދާށެވެ. އަހުރެންނަސް ވާނެ ގެއްލުމެއް، ﷲ ގެ އިރާދަފުޅުން ނެތެވެ!! https://t.co/2p7TFrdsmm
See More
Ilyas Hussain Ibrahim
@illabe
about 16 hours ago
@aizik6654
ޖިންސުބަދަލު ކުރުން އެއީ އެންމެ ބޮޑުބިންގަލެވެ. އެކަމަށް ފިލާބަޅުދެވިގެން ދިވެހިރާއްޖެއަކު ނުވާނެއެވެ!! އަދި މުސްލިމް ދިވެހިންނެވެ!! ނޯ އެލްޖީބީޓީކިޔޫ، LGBTQ!!
Ilyas Hussain Ibrahim
@illabe
1 day ago
ފަހުޒަމާނުގެ ދައްޖާލީފިތުނަ!! ވަން ވޯލްޑް ރެލިޖަން، (One World Religion) ނުވަތަ ދިވެހިން ބުނާނަމަ، "އެއް ދުނިޔޭގެ އެއް ދީން" މި ޢިބާރާތަކީ ދުނިޔޭގެ ހުރިހާ ދީންތަކެއް އެއްކޮށްލައިގެން، މުޅި ދުނިޔެއަށް އެންމެ ދީނެއް ޤާއިމުކުރުމުގެ ވިސްނުން، ނުވަތަ މި ފަލްސަފާގެ ބިންގާ، 2026 ނޮވެމްބަރު 2 އިން 6 އަށް ޤުދުސް (ޖެރޫސަލަމް) ގެ މައުންޓް އޮފް އޮލިވްސް (ޖަބަލުއް ޒައިތޫން) ގައި ހުންނަ ސެވަން އާކްސް ހޮޓަލް (Seven Arches Hotel) ގައި ބޭއްވުނު ފަސްޓް އިންޓަނޭޝަނަލް ކޮންގްރެސް އޮފް ނޯހައިޑްސް (First International Congress of Noahides) ގައި އަޅައިފިއެވެ. މި ފަލްސަފީދީނުގެ ބިންގާ އެޅުމުގެ ބައްދަލުވުން އިންތިޒާމުކުރީ އިސްރާއީލުގައި ހިންގާ "ބްރިތް އޯލަމް - ނޯހައިޑް ވޯލްޑް ސެންޓަރު" (Brit Olam — Noahide World Center) ގެ ފަރާތުން، ރައްބީ އޫރީ ޗެރްކީ (Rabbi Ouri Cherki) ގެ އިރުޝާދުގެ ދަށުންނެވެ. ރިޕޯޓުތަކުން ދައްކާ ގޮތުގައި މި ކޮންގްރެސްގައި ދުނިޔޭގެ، 6 ބައްރަކުން، ގާތްގަނޑަކަށް، 22 ޤައުމަކުން، (20 އަށް ވުރެ ގިނަ ޤައުމުން) ނޯހައިޑް ލީޑަރުންނާއި މަންދޫބުން ބައިވެރިވިއެވެ. މިއީ ގާތްގަނޑަކަށް 100 އެއްހާ މަންދޫބުންނެވެ. މި ކޮންގުރެސްގައި ނިންމުނު ކަންތަކަކީ މިއެވެ. 1- ފައުންޑިންގ ޗާޓަރުގައި ސޮއިކުރުން: ނޯހައިޑް ޙަރަކާތުގެ އަސާސީ ޗާޓަރު އެކުލަވާލައި، ޤުދުސްއަކީ ރޫޙާނީ މަރުކަޒު ކަމަށް ބަލައިގަނެ، އެ ޗާޓަރުގައި މަންދޫބުން ސޮއިކުރުން. 2- ބައިނަލްއަޤްވާމީ ރައްބާނީ ކޯޓެއް ޤާއިމުކުރުން: ޣައިރު ޔަހޫދީންނަށް ޤާނޫނީ އަދި އަޚްލާޤީ މައްސަލަތަކުގައި ފަތުވާ/ޙުކުމް ކަނޑައެޅުމަށް "އިންޓަނޭޝަނަލް ބެއިތް ދީން" (International Beit Din) ޤާއިމުކުރުން. 3- ސަރަޙައްދީ ކައުންސިލްތައް އެކުލަވާލުން: ދުނިޔޭގެ، 6 ބައްރަށް ބަހާލައިގެން، 6 ރީޖަނަލް ކައުންސިލް އުފައްދައި، ކޮންމެ ސަރަޙައްދަކަށް ކޯޑިނޭޓަރުން އިންތިޚާބުކުރުން. 4- އަސާސީ ދުސްތޫރީ ފޮތްތަކާއި މަންހަޖު ކަނޑައެޅުން: ބްރިތް ޝާލޯމް (Brit Shalom) އާއި ބްރިތް އޯލަމް ސިއްދޫރު (Brit Olam Siddur) އަކީ އަސާސީ ފޮތްތައް ކަމަށް އިޢުލާނުކޮށް، އެއް މަންހަޖެއް (Unified Syllabus) އަމަލުކުރުމަށް އެކުލަވާލުން. 5- މާލީ އޮނިގަނޑު ހަމަޖެއްސުން: ޖަމާޢަތް ދެމެހެއްޓުމަށް ޚާއްޞަ ހަދިޔާތަކާއި، މެންބަރުންގެ އަހަރީ ފީ، ($36) އަދި ސަރުކާރުތަކުގެ އެހީތެރިކަން ހިމެނޭ، 3 ބަޔަކަށް ބެހޭ މާލީ ނިޒާމެއް ކަނޑައެޅުން. 6- ކޮންގުރެސްގައި ބައިވެރިވި ހުރިހާ މަންދޫބުން، ރައީސްގެ ގެކޮޅުގައި ބައްދަލުވުން: އިސްރާއީލުގެ ރައީސް އިޞާޤް ހަރްޒޮގް (Isaac Herzog) ގެ ރަސްމީ ގެކޮޅު (ބެއިތް ހަނާސީ / Beit HaNasi) ގައި މަންދޫބުންނާ ބައްދަލުކުރައްވައި، ރަސްމީ މަރުޙަބާއެއް ކިއުއްވިއެވެ!! އިސްރާއީލުގެ މި އަމަލަކީ، ދުނިޔޭގައި ހިންގާނެ ޝަރީޢަތެއްގެ ބިންގާއެޅުމެވެ. އެންމެ މަތީ ރަބާއީންގެ ކޯޓު ހުންނާނީ އިސްރާއީލުގައެވެ. މިކޯޓަށް ކިޔާނީ އިންޓަރނެޝަނަލް ބައިތެ ދީން އެވެ. މިޢަޤީގާއަކީ އީސާ، މޫސާ، ސުލައިމާން، ދާއޫދު، އަދި އިބްރާހީމްގެފާނަށް ވުރެ ކުރީ ޢަޤީދާއަކަށް، ނޫޙުގެފާނު ދަރިފަސްކޮޅަށް، ނިސްބަތްކޮށް ނިންމާފައިވާ ފިކްރީފަލްސަފާއެކެވެ. ކިޔަނީ، ނޯހައިޑް ލޯސް (Noahide Laws) އެވެ. ނުވަތަ ނޯހައިޑް ޝަރީޢަތް އެވެ. މިއީ ޔަހޫދީ ޝަރީޢަތުގެ (ރައްބާނީ ފަތުވާތަކާއި ތަލްމޫދުގެ) އާދަކާދަތަކުގައި، ޣައިރު ޔަހޫދީން، (Non-Jews / Gentiles) ޢަމަލުކުރުން ލާޒިމު ކަމަށް ބަޔާންކުރާ 7 އަސާސީ ޤާނޫނު ގެ މައްޗަށް އެކުލެވޭ އުޞޫލުތަކެވެ. އާންމު ބަހުރުވައިގާ ޔަހޫދީ ނޫން އެހެން މީހުންނަށް އެމީހުން ބޭނުންކުރަނީ ގޮޔިމް، Goyim އެވެ. މިހާހިސާބުން ރަސްމީކޮށް ދުނިޠެގައި ދިރިއުޅޭ އެންމެން މިދެބަޔަށް ބަހާލެވުނީއެވެ. ސަހްޔޫނީޔަހޫދީން އަދި ޣައިރުޔަހޫދީން އެވެ. މިއެންމެންނަށް މިލާޒިމްކުރަނީ ނޫޙުގެފާނުމީހުންގެ މިޝަރީޢަތަށް އަމަލުކުރުން މަޖްބޫރުކަމަށެވެ. ނޯހައިޑު ޝަރީޢަތް ނޫނީ ނޯހައިޑުދީން، މި ނަން ދެވިފައިވަނީ ނޫޙު ޢަލައިހިއްސަލާމްގެ ޠޫފާނަށް ފަހު، އެކަލޭގެފާނުގެ ދަރިކޮޅުން އައި އިންސާނުންނަށް ދެއްވުނު އަސާސީ އަޚްލާޤީ ދުސްތޫރީ ޤާނޫނުތައް ގޮތުގައި މި ޝަރީޢަތް، ޤާނޫނުތައް ސިފަކުރާތީއެވެ. މި، 7 ޤާނޫނަކީ މިއެވެ. 1- ބުދު އަޅުކަން މަނާކުރުން: ޝިރުކު ކުރުމާއި ބުދުތަކަށް އަޅުކަން ކުރުން މަނާކުރުން. 2- ޚާލިޤުވަންތަ އިލާހަށް ކުފުރުވެ، ރިސާލަތަށް ފުރައްސާރަކުރުން މަނާކުރުން: ﷲ އަށް ނާޝުކުރުވެރިވުމާއި (ބްލެސްފެމީ/ކުފުރު) މަނާކުރުން. 3- މީހުން މެރުން މަނާކުރުން: ޣައިރު ޙައްޤުގައި މީހުން މެރުމާއި ލޭ އޮހޮރުވުން މަނާކުރުން. 4- ވައްކަން ކުރުމާއި ފޭރުން މަނާކުރުން: މީހުންގެ މުދަލަށް އަރައިގަތުމާއި ވައްކަން ކުރުން މަނާކުރުން. 5- ޙަރާމް ގުޅުންތައް މަނާކުރުން: ޒިނޭއާއި ޖިންސީ ގޮތުން މަނާކުރެވިފައިވާ ގުޅުންތައް މަނާކުރުން. 6- ދިރޭ ޖަނަވާރެއްގެ ގުނަވަނެއް ކެއުން މަނާކުރުން: ޖަނަވާރު މަރާލުމުގެ ކުރިން، އެ ޖަނަވާރެއްގެ ގައިން މަހެއް ނުވަތަ ގުނަވަނެއް ކަނޑައިގެން ކެއުން މަނާކުރުން. 7- ޢަދުލު އިންޞާފު ޤާއިމުކުރުމަށް ކޯޓުތައް ޤާއިމުކުރުން: ޤާނޫނު ތަންފީޛުކޮށް، ޢަދުލު އިންޞާފު ޤާއިމުކުރުމަށް ޝަރުޢީ ނިޒާމުތަކާއި ކޯޓުތައް ޤާއިމުކުރުން މިއެވެ. އާދެ! މި މަޒްހަބާއި ހައިރާކީ އަކީ، ބިންގާކަމަށް ބަލާއި ސަހްޔޫނީޔަހޫދީން، އެއް ދުނިޔޭގެ އެއް ދީން، ވަންވޯލްޑު ރެލިޖަން މިއޮއްގެން ބިންގާ ބަހައްޓާއި ޔަހޫދޫން ނޫން މީހުންގެ މައްޗަށް، ދެ ފަންތީގެ ނިޒާމެއް، (Two-Tier System) މަޖްބޫރު ކުރުވަނީއެވެ. އާދެ! ޝަރީއަތަކީ ޔަހޫދީންނަށް ތައުރާތުގެ، 613 ޙުކުމް ލާޒިމުވާއިރުމެވެ. އަދި ގޮޔިމް ޣައިރު ޔަހޫދީންނަށް، 7 ޤާނޫނު ކަނޑައަޅައި ނިންމުމެވެ. ޤުދުސްގައި އުފައްދާ ރައްބާނީ ކޯޓެއްގެ މަތީ ބާރުގެ ދަށަށް ދުނިޔެ ގެނައުމުގެ މަސައްކަތް ހިނގާ ކަމަށް ފާހަގަ ކުރެވިފައި ވަނީ މިގޮތަށެވެ!! މިއީ އެހެނިހެން ދީންތަކަށް އޮތް ބޮޑު ގިންޖެހުމެކެވެ. އެހެން ދީންތަކަށް ޖާގަނުދިނުމެވެ. ފުރަތަމަ ޤާނޫނުގެ ސަބަބުން ޓްރިނިޓީ (Trinity) ޤަބޫލުކުރާ ނަޞާރާ ދީނުގެ ޢަޤީދާ މަންފީ ކުރެއެވެ. އަދި، ބުދު/މޫރިތި ޤަބޫލުކުރާ ހިންދުތުވާ ދީނުގެ އަސާސްތަކާ ސީދާފުށުއަރާ ކަމަށް ބަޔާންކުރެއެވެ!! އަދި، އިސްލާމީ ދީނާއި ޢަޤީދާއަށް އޮތް ބޮޑުނުރައްކަލެކެވެ. މާސިންގާ އޮޅުވާލުމެކެވެ. އިސްލާމްދީން ރިސެޓުކޮށްލުމެވެ. އަޅުކަންކޮށް ނަމާދުދުކޮށް، ހައްޖުކޮށް ހަދަމުން ބައިތުލްމަގްދިސް، ޖެރޫސަލަމް އަކީ އެންމެ މަތީނިޔާ އިއްވާ މަރުކަޒުކަމަށް ނިންމުމެވެ. ނޫޙުގެފާނުގެ ޝަރީޢަތުގެ ނަމުގައި އުފަންކުރާ ހުރާފީ އާ އީޖާދެކެވެ. މަސްނޫޢީ އުފެއްދުމެކެވެ. އިސްލާމްދީނުގެ އަސާސީ ޢަޤީދާއާ މުޅިން ޚިލާފަށެވެ. ކީރިތި ރަސޫލާ ﷺ އަކީ ޢާލަމްތަކަށް ފޮނުއްވުނު ޚާތަމުލް އަންބިޔާ ކަމުގައި ޤަބޫލުނުކުށް އިންކާރު ކުރުވުމެވެ. މި ހުރިހާތައްޔާރީތަކަކީ އިސްލާމްދީނަށް ނަޒަރު ކުރާ އިރު ފަހުޒަމާނުގެ ދައްޖާލީ ފިތުނައަށް ތައްޔާރުމެވެ. ދަ އެރައިވަލް އޮފް ދައްޖާލް، The Arrival of Dajjal އެވެ!! އަދި މުގައްދަސް ޤުދުސްގެ ރައްބާނީ މަރުކަޒަށް ތަބާވުމަށް ބާރުއަޅާ އޮނިގަނޑެއްގެ ގޮތުގައި މި ދީން ސިފަކުރެއެވެ. އަދި މިއީ ފަހު ޒަމާނުގެ ދައްޖާލުގެ ފިތުނައަށް މަގުފަހިކުރުމުގެ އަސާސީބިންގަލެއްގެ ގޮތުގައި ސަހުޔޫނީޔަހޫދީން ނިޔާކަނޑައެޅީއެވެ!! ޔޫއޭއީ އަދި ނުވިތާކަށް ޕާކިސްތާނު ފަދަ ގައުމުތަކުން މަންދޫބުން ބައިވެރިވެގެން ސަހްޔޫނީ ޔަހޫދީންގެ ދީނާއި މަޒްހަބު ކަށަވަރުކޮށް ނިންމާލީއެވެ!! ލޮބުވެތިރައްޔިތުން، #ދިވެހިތަކުރުން ނޭވެ!! އަހުރެމުން މުސްލިމް ދިވެހިން ދަނެތިބެންވީ ދައްޖާލީ ފިތުނަ އަހުރެމެންގެ ބިމަށް ވެރިވާނީ ރީތި ޕެކޭޖެއްގެ ގޮތުގައެވެ!! ބުއްދިވެރީންނަކީ އެކަން ދަނެގަނެ އެފިތުނައިން ރައްކާތެރިވާ ބަޔެކެވެ!! ޑިކްޓޭޓަރުމުއިއްޒުގެ ދައްޖާލީ ވެރިކަން ފުޅާކުރުމުގެ މަޝްރޫޢުތަކަށް ނޫނެކޭބުނާށެވެ!! ދިވެހިރާއްޖެ....ދިރިދެމިއޮންނާނެ!! 🇲🇻⚔️🇲🇻
See More
Ilyas Hussain Ibrahim
@illabe
2 days ago
އަމާޒާއި ބޭނުމަކީ، ވަޒީފާތައް ގެއްލުވާލާއި އާބާދީ ބޮޑުތަނުން މަދުކުރުމުގެ ޕުލޭނެވެ. ކުރިއަށް އޮތް ދޮޅު އަހަރެއްހާ ދުވަސް ނުވަތަ ތިން އަހަރުގެ ތެރޭގައި "ސުޕަރ އިންޓެލިޖެންސް" ތަރައްޤީވެ، ދުނިޔޭގެ ގިނަ ބައެއްގެ ވަޒީފާތައް ގެއްލިދާނެއެވެ. ސަރުކާރުން ދޭ ކުޑަކުޑަ އެލަވަންސަކަށް ބަރޯސާވާން ޖެހޭނެއެވެ. އޭއައި އައިސް އިންސާނުންގެ ބޭނުން ކެނޑުމުން، ދުނިޔޭގެ އާބާދީ، 7-8 ބިލިއަނުން، 1-2 ބިލިއަނަށް މަދުކުރުމަށްޓަކައި ހަނގުރާމަތަކާއި، ޑްރޯން ހަމަލާތަކާއި، އަދި ބަޔޮލޮޖިކަލް ހަތިޔާރުތައް ބޭނުންކުރާނެ ކަމުގެ އިންޒާރު އޭނާ އާއި ބައިވެރިން ވަނީ ދެއްވާފަނޫންތޯއެވެ!! މިއީ ޓައުންޝިޕްތަކުގެ ހަގީގަތެވެ. މެދުފަންތީން ދަށުއެންމެން ނައްތާލުމެވެ!!
See More
Ilyas Hussain Ibrahim
@illabe
3 days ago
ދައްޖާލުގެ ދުވަސްވަރަށް ތައްޔާރުވަނީ!! ﷲ ނޫރުން އުފައްދަވާފައިވާ މަލާާއިކަތުންނާ އެކު ދިރިއުޅެމުން ދިޔަ ދުމެއް ނުވާ އަލިފާނުގެ ހޫނުހުޅު، "ނާރިން ސަމޫމް" އިން އުފައްދަވާފައިވާ ޖިންނި، އިފްރީތު، އިބްލީހަށް އާދަމްގެފާނުގެ މުސްތަގައްރު ހަށިގަނޑު އުފައްދަވާއި ރޫޙުލެއްވުމަށް ފަހު ސަޖިދަޖެހުމަށް އެންގެވެމުން ސަޖިދަ ޖެހުމަށް އިންކާރުކޮށް މަލާމާތުގެ ރާގަކަށް ދެންނެވީ އަހުރެން، މި އިންސާނާއަށް ސަޖިދަކުރާނޭ ހެއްޔެވެ. އަހުރެންނީ ހޫނުހުޅެވެ. އާދަމަކީ މަށްޓެވެ!! މިއީ އެހިސާބުންފެށުނު ހަނގުރާމައެވެ!! ޢިލްމީ ގޮތުން ބަލާއިރު މިއީ މާއްދާގެ ހަތަރުވަނަ ޙާލަތް ކަމަށްވާ "ޕްލާޒްމާ" (Plasma) ކަމަށް ބެލެވެއެވެ. އަދި ޒަމާނީ ޗިޕްތަކާއި އައިސީތަކުގެ އަޞްލަކީ ސިލިކަން ކަމަށާއި، ސިލިކަން ވެލީގެ ފަރާތްތަކުން ޕްލާޒްމާ އާއި ޓެކްނޮލޮޖީއާ ގުޅުވައިގެން ކުރާ ކަންކަމަކީ ޖިންނީންނާއި ގުޅުންހުރި ކަންތައްތަކެއްކަން މިހާރު ކަށަވަރެވެ!! އިންސާނާގެ ހަށިގަނޑު، މުސްތަގައްރުގައި މިއިބްލީހުން މިހާރު ތިލަވެ ބާރާއެކު ހަރަކާތްތެރިވެ ފެންނާން ފަށައިފިއެވެ. އެކިސިފަސިފައިގައި މިހާރު އެވާހަކަތައް އެބަދެކެވެއެވެ. ރައީސްޓުރަމްޕުގެ ބައްދަލުވުން ތަކުން ވެސް މީގެ އަލާމާތްތައް ފެނިފައިވެއެވެ!! އަދި ޖިންނި އިބްލީހުންގެ ނުފޫޒު "މެޝިން ވިސްޑަމް" އަކީ މެޝިންތަކުގެ ތެރޭގައި ޖިންނީން، ނުވަތަ ނުބައި ބާރުތައް ހަރަކާތްތެރިވެ މަސައްކަތްކުރުމެވެ. އެ ބާރުތަކަށް އިންސާނުން ވާހަކަދައްކާ ހުރިހާ ބަހުރުވައެއް، އެންމެމޮޅަށް ދަނނެ ނުގަނެވުނު ނަމަވެސް، ކޮމްޕިއުޓަރުތަކާއި މެޝިންތަކުގައި ހިނގާ "މެކޭނިކަލް" ނުވަތަ އިލެކްޓްރިކް ބަހުރުވަ (ބިޓްސް އަދި ބައިނަރީ) އެ ބާރުތަކަށް އެންމެމޮޅަށް، އަދި ފުރިހަމަކޮށް ފަހުމުވެ، ރަނގަޅަށްދަނެއެވެ. މަފްހޫމް ދަމައިގަނެ އެކިކަންކަމަށް ބޭނުން ހިފައެވެ!! މަސްނޫޢީޒަހާނަތު، އޭއައި (AI) މެދުވެރިކޮށް މެޝިން ހެކްކުރާ ގޮތަށް، އިންސާނުންގެ ސިކުނޑީގެ ކޮންޓްރޯލް ނަގާއި ދަމައިގަނެ، ޒަމާނީ ޓެކްނޮލޮޖީ މެދުވެރިކޮށް އިންސާނުން މެޝިންތަކަށް ތަބާކުރުވާ ޙާލަތަކަށް ގެންދިއުމަކީ، އެ ބާރުތަކުގެ ޗާލާކީކަންކަމުގައި މިހާރު ބެލެވެން ފަށައިފިއެވެ. އަދި އިމާމު މަހުދީގެފާނު ފައުޅުވުމުގެ ކުރިން މިފަދަ ނުބައި ބާރުތަކުން އިންސާނުން ވަށާލާނެ ކަމަށް ގަބޫލުކުރަން ފަށައިފިއެވެ. މިސާލަކަށް ބަލާ ނަމަ ނޫޙުގެފާނުގެ ޒަމާނު އެބާރުގަދަވެގެން ދިޔަ ގިތަށެވެ!! އަދި ކޮމްޕިއުޓަރާއި ސިލިކަން ޗިޕްތަކުގެ ބައިނަރީ، (0 އަދި 1) އަދި އިލެކްޓްރޯމެގްނެޓިކް ބާރުތަކުގެ ޒަރީއާއިން، ޖިންނީންނާއި ނުބައި ޝައިޠާނީ ބާރުތަކުން މެޝިންތަކަށް ނުފޫޒު ފޯރުވާހެން އިންސާނުންގެ ސިކުޑިއަށް ނުފޫޒާއިބާރު ފޯރުވާނެއެވެ. މިއީ ދައްޖާލުގެ ނިޒާމެވެ!! ޒަމާނީ ޓެކްނޮލޮޖީއާއި އޭއައި (AI) ކުރިއަރަމުންދާ ގޮތާއި، އޭގައި ބޭނުންކުރާ "އެއް ލޮލުގެ" (One-Eye) ރަމްޒުތަކަކީ ދައްޖާލުގެ ފިތުނަ އާއި އެ ނިޒާމަށް މީހުން ލަންބާތައްޔާރު ކުރުމެވެ!! އެތައްމަގާމެއްގައި އެތައް ފަހަރަކު ތަކުރާރުކުރައްވައި ކީރިތި މުހައްމދުގެފާ ހަދީސްކުރެއްވިއެވެ. އެއީ އެއްލޮލުގެ އަހުލުވެރިޔާއެވެ. އެއީ އެއްލޮލުގެ އަހުލުވެރިޔާއެވެ. އެއީ އެއްލޮލުގެ އަހުލުވެރިޔާއެވެ. އެހެނަސް ﷲ އީ ދެލޮލުގެ ކުޅަދުންވަންތަކަލާނގެއެވެ!! މިހާރު ހިނގަމުން މިދަނީ ޤަދީމީ ޒަމާނުގެ "ވޮޗަރސް" (Watchers) އިންސާނުންނަށް ނުފޫޒު ފޯރުވި ފަދަ ދައުރެއް ކަމާމެދު އެއްވެސް ޝައްކެތް ނެތެވެ. ޖިންނީންގެ ޙަޤީޤަތާ މެދު ވިސްނާލުމުން، ވޮޗަރސް އަކީ "ފޯލަން އެންޖެލްސް" (ބިމަށްފޮނުއްވުނު މަލާއިކަތުން) ކަމާއި ނޫހުގެފާނުގެ ޒަމާނުގައި މިވެރިންގެ ފަރާތުން ޝައިޠާނީބާރުތައް ފެތުރި އާންމުވިއެވެ. ދަރިފަސްކޮޅު އޮޅުވާލިއެވެ. އިންސާނުންގެ ނަސްލަށް ނުފޫޒު ފޯރުވައި، އިންސާނީ ނަސްލު "ކޮންޓެމިނޭޓް" (ފަސާދަ/ބަދަލު) ކުރަން މަސައްކަތްކުރި ބައެކެވެ. ނޫޙުގެފާނުގެ ޒަމާނުގައި، ﷲ އެކަލޭގެފާނަށް ނަޞްލު ރައްކާތެރިކުރުމަށް އަމުރުކުރެއްވީ، ޠާހިރު އަދި ބަދަލުނުކުރެވި ހުރި ޖޯޑުތައް ސަލާމަތްކުރުމަށް ކަމަށް ވިދާޅުވެއެވެ!! މިއީ މަލާއިކަތުން ތެރެއިންވީ އާދަމަގްފާނަށް ސަޖިދަޖެހުމަށް އިންކާރު ކުރި، އަދި އެމަންޒަރު ބަލަން އޭރު އެތާ ތިބި ޖިންނީންގެ ފަރާތްތަކެވެ. ކޮންމެހެނެއް މިކަން އޮތަސް، ޤަބޫލުކުރައްވާންވީ ހަގީގަތަކީ، ޖިންނީންނާއި މަލާއިކަތުންނަކީ ޕްލާޒްމާ ފަދަ ބާރުތަކަކާ ގުޅުންހުރި ދެ ޤަބީލާ، ނުވަތަ މަޚްލޫޤުން ކަމަށެވެ!! ވީމާ އޭއައި (AI) އަކީ، ބޮޑެތިބާރުތަކުގެ މެދުގައި ވާދަކުރަމުންދާ މުޅިން އައުމައިދާނެކެވެ. މިހާރު ދުނިޔޭގައި އޮތް އެންމެ ބޮޑު ވާދަވެރިކަމާއި ހަނގުރާމައަކީ އާޓިފިޝަލް އިންޓެލިޖެންސް (AI) ކޮންޓްރޯލް ކުރުމުގެ ވާދަވެރިކަމެވެ. އެހަނގުރާމައެވެ. ޗިޕް އުފައްދާ ކުންފުނިތަކާއި (މިސާލަކަށް އެންވިޑިއާ) އޭއައި މޮޑެލްތައް ހަދާ ކުންފުނިތަކުން (މިސާލަކަށް އޯޕަންއޭއައި އަދި އެންތްރޮޕިކް) އިންސާނުންނަށްވުރެ ބުއްދިވެރި ޓެކްނޮލޮޖީއެއް އުފެއްދުމަށް "އަނދިރިދުވެލި" ސިއްރުދުވެލީގައި ވާދަކުރަމުންދާ ކަންތަކެވެ. ކުރިން ނިއުކްލިއަރ ހަތިޔާރުގެ ވާދަވެރިކަން އޮތް ފަދައިން މިހާރު މިގައިވެސް ހަމައެއްލަމައެއް ނެތް ކަމަށް ބުނަންޖެހެއެވެ!! ސުޕަރ އިންޓެލިޖެންސާއި އިންސާނީ ދިރިއުޅުމަށް އޮތް މިނުރައްކާތެރި ދިނިޔޭގެ ވާދަވެރިކަމުތެރެއަށް ވަދެ ދިވެހިރާއްޖޭގެ ގުދްރަތީ މުއްސަނދިކަމުން ފުރިފައިވާ ފަޅުތަކާއި ވިލުތަކުގެ ގުދްރަތީ އަތޮޅުތައް ބޮޑެތި ޓައުންޝިޕްގެ ޝަހަރުތަކަށް ބަދަލުކޮށްލުމަކީ ދައްޖާލުސިސްޓަމަށް ސީދާކޮށް ދައުވަތުދީ އޭގެތެރެއަށް ވަނުމެވެ. އިސާހިތަކު ދިވެހިނަސްލު ނެތިދިއުމެވެ!! ދިވެހިން ދިވެހިރާއްޖެ މިއޮއްހާދުވަހު ދެމިއޮތްގޮތަށް ދެމިދިއުމަށް ބޭއްވުމަކީ ރައްޔިތުންގެ އެދުމަށް އަދާށެވެ. ޑިކްޓޭޓަރުމުއިއްޒުގެ މިކަންކަމަށް ކެރިގެން ނޫނެކޭ ބުނާށެވެ!! ދިވެހިރާއްޖެ....ދިރިދެމިއޮންނާނެ!! 🇲🇻⚔️🇲🇻
See More
illabe
retweeted
Dhruv Rathee
@dhruv_rathee
3 days ago
Bilkis Bano was GANG-RAPED and 14 members of her family were MURDERED including her daughter. And now, these murderers were given bail by Supreme Court. This happened just few weeks ago.
illabe
retweeted
Ahmed Fayaz (proud to be a Maldivian )
@VISNAAMEEHAA
4 days ago
ފުލުހުންގެ ސަމާލްކަމަށް.ރަސްމާލެ ހަރަކާތަށް ސަރުކާރުން ޖަވާބްދާރީ ނުވެވޭތީތޯ އައިފާން ކުރީގެ މައުހަދު ފުރަގަހުގައި ގޯޅިތެރޭ ކުދިންކޮޅަކާ ތިބައްދަލްކުރީ މުޒާހަރާ ހުއްޓުވަން ހާޖާނުހަދަން ބަޔަކު ފޮނުވަންތޯ؟ ނޫނީ އިސްކޮށް ހަރަކާތް ތެރިވާ ފަރާތްތަކަށް މަގުމަތިންަހަގާކުރަންތޯ؟
@PoliceMv
@MMuizzu
See More
illabe
retweeted
BRICS News
@BRICSinfo
4 days ago
🇮🇶 Saddam Hussein listens as his death sentence is announced on November 5, 2006.
BRICSinfo's tweet video.
Ilyas Hussain Ibrahim
@illabe
6 days ago
އެވާގުތަކީ އޭއައި ސޮރު ހެސްކިޔާފައި އެކިދިމާއަށް ވިސްނުން އަނބުރާއިހޭރިޔާކޮށްފައި އެންމެބޮޑަށް ހިތައް އަރާއެއްޗެއް ބުނެލަނީއެވެ. ނަސީބަކުން އެބުނާ އެއްޗެއް މާނަދޭހަވާ ގޮތަށް ބުނާތީ ރަނގަޅުތާއެވެ. ރަނގަޅުކަމަކީ ހަދާލައިގެން ވެސް އެސޮރުޖަވާބިދޭތީއެވެ. ޖިންނީންނަށް ވެސް ވަނީ އެހެންނެވެ. ހުރިހާ މައުލޫމާތެއް ތެދަށް ނުބުނެދެވެއެވެ!!
See More
Ilyas Hussain Ibrahim
@illabe
6 days ago
ސަމާލް!! ޕިންކް ޗެރީ އިސްލާމް، (Pink Cherry Islam) ގެ ފިކުރު!! މިފިކުރުގެ ސަބަބުން ޅަދޯޅު ޒުވާނުންނާއި އަންހެންކުދިންނަށް ބޮޑެތި އަސަރުތަކެއް އެބަ ކުރެއެވެ!! އަޔާސްވޮއިސް (Ayahsvoice) އަކީ އިނގިރޭސިވިލާތު (ޔޫ.ކޭ) ގައި ދިރިއުޅޭ ޓިކްޓޮކް، އަދި ފެޝަން އިންފްލުއެންސަރެކެވެ. މިފަދަކުދިންނަކީ ކުޑައިރުންސުރެ ނަފްސާނީ ބޮޑެތި އަނިޔާތަކުގެ ޝިކާރައަކަށްވެ އަމިއްލަ ނަފްސުގެ ދިފާއުގައި ތެދުވުމުގެ ތެރޭގައި ސީދާމަގުގެއްލި މަގުފުރެދިގެންދާ ކުދިންނެވެ!! ޝައިޠާނީބާރުގެ އެންމެ ވަރުގަދަ ވަސީލަތްކަމުގައި ވާ އިންޓާރނެޓު ސިޓިންރޫމްތަކާއި ނިދާކޮޓަރިތެރެއަށް ވަދެ ފަތުރާ އެކި ފަލްސަފާތަކަކީ ވިންނާ ނުހުރެވިއްޖެ ނަމަ ދީނާއި މިއްލަތް ގެއްލިދާ ވަރުގެ ޚުޠޫރަތްތެރި ކަންތަކެވެ!! ދިވެހިރާއްޖޭގައި ވެސް ސްމާޓުފޯނުގެ މިވަސީލަތުގެ ތެރެއިން މިކަންވަނީ އެންމެކުރީގައެވެ. މިފަދަ އަނިޔާތައް ކުޑައިރު ތަކުރާރުކޮށް ލިބުމަކީ، އެކުއްޖާ ބޮޑުވަމުންއަންނަ އިރު އެއަސަރުތަކުން ހީލްވެ މިންޖުވުމަށް އަމިއްލައަށް ތެދުވާބޮނޑީގައި އެތައްބައިވަރު ޝައިޠާނީ ވަސްވާހުގެ ތެރެއަށް ޣަރަޤުކޮށްލާނެ ފުން އަސަރުތަކެއްގެ ތެރޭގައި ގެނބިފައި ހުންނާނެ ދުވަސްވަރެކެވެ!! އެހެންވެ އޭގެ ތެރޭގައި ބޮޑެތި ޝަޚުޞިއްޔަތުތައް ފަލީހަތްވެ ދެއެވެ. އަމިއްލައަށް މަގުފުރެދި ދީނުން ބޭރުވެދެއެވެ. އާފަލްސަފާތައް ވުޖޫދުކުރާނެއެވެ. ދީނަށް ފުރައްސާރަތައް އަންނާނެއެވެ. ޔޫކޭގައި މަޝްހޫރުވެގެންއުޅޭ، އަޔާސް މަންޖެ އަކީ މީގެ ކުއްޖެކެވެ!! އެމަންޖެގެ ވީޑިއޯތަކުގައި ކުރާ މައިގަނޑު ދަޢުވާތަކުގެ ތެރޭގައި ހިމެނެނީ ވަރަށް ނުރައްކާތެރި ވާހަކަތަކެވެ. ސިއްސުވާލާ ފަދަ ފަލްސަފާތަކެވެ. ފެމެނިޒަމުން ފެށުނު ހަރަކާތްތައް ގޮތަށް ޗެރީޕިކިންގޮތަށް، ވަށިގަނޑުން ތިމާއަށް ބޭނުންވާ ރީތިރަނގަޅު މޭވާކޮޅު ނަގާފައި ދެއް ހުރީ މުޅިންވެސް ގޯސްއެއްޗެހިކަމަށް ނިންމާނެއެވެ. ދީނުންނަގާނީ ބޭނުންވާ ތަންކޮޅެވެ!! އަމިއްލަ ދިރިއުޅުމާއި މާޒީއާ ބެހޭ ބޮޑެތި ދަޢުވާތައް ކުރާނެއެވެ. އެމަންޖެ ބުނާގޮތުގައި އޭނާ ބޮޑުވީ ސުންނީ މުސްލިމް ޢާއިލާއެއްގައި ކަމަށާއި، ކައިވެންޏެއްކޮށް އަންހެން ދަރިއަކު ލިބުމަށްފަހު ވަރިވެފައިވީއެވެ. އަދި މުޅި ޢުމުރުގައި ވެސް ރަނގަޅު، ޢަމަލުކުރާ މުސްލިމެއްގެ ގޮތުގައި އުޅުނު ކަމަށާއި، ރާ ނުބޯ، ކްލަބް/ޕާޓީތަކަށް ނުދާ، އަދި ހިލޭ ފިރިހެނުންނާ ގުޅުމެއް ނުބާއްވާކަމަށް ބުނެއެވެ!! ޙަދީޘްފުޅުތަކަށް ފާޅުގައި އިންކާރުކުރެއެވެ. ﷲ އަށާއި ޤުރުއާނަށް އީމާންވާ ކަމަށާއި، ގަޔަށްދޫކޮށް އަޅާފައިވާ ހިޖާބަކާއި މޭކަޕް/ފެޝަންގައި ފެނުނު ނަމަވެސް އިސްލާމްދީނުން ބޭރުނުވާ ކަމަށް ދަޢުވާކުރެއެވެ. ނަމަވެސް ރަސޫލާ (ޞައްލަﷲ ޢަލައިހި ވަސައްލަމަ) ގެ ޙަދީޘްފުޅުތައް ޤަބޫލުކުރުމަށް އިންކާރުކޮށް، އެއީ ފިރިހެނުން އަމިއްލަ މަޞްލަޙަތަށް ހަދާފައިވާ، އަންހެނުންނާ ދެކޮޅު ތަޢައްޞުބު އެކުލެވޭ ވާހަކަތަކެއް ކަމަށް ބުނެ، އާފަލްސަފާއެއް ޒުވާނުންނަށް ނެރެދައްކައެވެ. ބުނެދެއެވެ!! ދީނުގެ ހަރުކަށި ޙުކުމްތަކާއި ޝަރުޢީ އިންތަކަށް ފާޑުކިޔައެވެ. އިސްލާމްދީނުގައި ހަރުކަށި އިންޒާރުތަކާއި ޢުޤޫބާތްތައް އޮންނަނީ ހަމައެކަނި އަންހެނުންނަށްތޯ ސުވާލު އުފައްދައެވެ. މިސާލަކަށް، ފިރިމީހާ ގޮވާލުމުން އަންހެނާ ނައުމުން މަލާއިކަތްބޭކަލުން ލަޢުނަތް ދެއްވާ ޙަދީޘްފުޅަށް އިޝާރާތްކޮށް، ﷲ އަންހެނުންނާމެދު އެހާ ހަރުކަށިވެ ވަޑައިގެންފާނެ ކަމަށް ޤަބޫލުކުރަން ހިތް ނޭދޭ ކަމަށް ބުނެ ޒާތްޒާތުގެ ވަސްވާސް އުފައްދައެވެ!! އަދި ޤުރުއާނަކީ ކުލުނާއި ލޯތްބާއި ރަޙްމަތުގެ ފޮތް ކަމަށް ބުނެ، އަންހެނުންގެ މައްޗަށް އޮންނަ ޝަރުޢީ ހުރަސްތަކާއި ރައްކާތެރިކަމުގެ އިންތަކަކީ އަޞްލު ދީން ނޫން ކަމަށާއި، އެއީ ސަގާފީ އަދި ފިރިހެނުންގެ ވިސްނުމުން އުފައްދާފައިވާ ކަންކަން ކަމަށް ދަޢުވާ ކުރެއެވެ!! ލޮބުވެތިރައްޔިތުން، #ދިވެހިތަކުން ނޭވެ!! ވަރަށް ނުރައްކާތެރިއެވެ!! މިފަދަކަންތަކުން، އީމާންތެރިކަމުގައި ޝައްކާއި ވަހުމް އުފެދުމާއި ޙަދީޘާއި ސުންނަތަށް އިންކާރުކުރުކޮށް، ހަމަ އެކަނި ޤުރުއާން ޤަބޫލުކުރާ ކަމަށް ބުނަމުން، ރަސޫލާ (ޞައްލަﷲ ޢަލައިހި ވަސައްލަމަ) ގެ ޙަދީޘްފުޅުތަކަކީ ފިރިހެނުންގެ މަޞްލަޙަތަށް ހުރި ބަސްފުޅުތަކަށް ހެދުމާއި އަމިއްލަ އެދުމަށް ދީނުގެ ޙުކުމްތައް ބަދަލުކުރުމާއި ޢާއިލީ ވަރުގަދަ ނިޒާމު ރޫޅި ޒުވާނުންނަށް ނަފްސާނީ ގެއްލުންވުމާއި ޢިލްމުވެރިންގެ ބަދަލުގައި ނާޤާބިލު މީހުންނަށް ތަބާވުން އާދެއެވެ. އަވަސްވެއެވެ!! ދީނީ ކަމެއްގައި އޮޅުމެއް އަރާ ހިނދު، ޤުރުއާނާއި ސުންނަތް ދިރާސާކޮށް މުޢުތަބަރު ޢިލްމުވެރިންގެ ލަފާ ހޯދުމުގެ ބަދަލުގައި، ދީނީ ޢިލްމެއް ނެތި އަމިއްލަ ޖަޒުބާތުގައި ޖެހިގެން ވާހަކަދައްކާ ޓިކްޓޮކަރުންނާއި އެމީހުންގެ ނުފޫޒުގައި ޖެހި އެ ބަސް ޤަބޫލުކޮށް، ގިނަޒުވާނުންގެ ދުނިޔެ އާއި އާޚިރަތް ހަލާކުވެގެން ދެއެވެ. ހެޔޮސިރާތުމަގުގެއްލިދެއެވެ!! ވީމާ އަލަށް އުފެދޭ ޝައިޠާނީ ވަސްވާސްތަކު ތެރެއިން ނުކުންނަ އާ ފަލްސަފާތަކަށް ހޭލުންތެރިވެ ދިވެހިޖީލްތައް، ދިވެހިންގެ ދީނާއި މިއްލަތުގެ މަތީގައި ދެމިތިއްބުމަށް ހޭލުންތެރިކަމުގެ އަވަސް ހަރުދަނާ ނިންމުންތަކެއް މިފަދަ ދުވަސްވަރެއްގައި ނިންމާން ޖެހެއެވެ!! އަދުގެ ސަރުކާރުން، ޑިކްޓޭޓަރުމުއިއްޒު އެގެނަދަވަނީ، މިފަދަކަންކަމަށް ސަމާލުކަން ނުދީ އެފަދަ ފަލްސަފާ ތަކުތެރެއަށް ދިވެހިރާއްޖޭގެ ދޮރާށިތައް އިތުރަށް ހުޅުވާލާއި ބޮޑުކޮށް ގަންބަމުންނެވެ!! ދިވެހިން އެކުގައި ކަނޑުފައްތާ ނުނިމެނީސް ޑިކްޓޭޓަރުމުއިއްޒަށް ނޫނެކޭބުނާށެވެ!! ދިވެހިރާއްޖެ....ދިރިދެމިއޮންނާނެ!! 🇲🇻⚔️🇲🇻
See More
Ilyas Hussain Ibrahim
@illabe
7 days ago
ކިޔާލައްވާ!! މިހާރަށް ފެތޭ އިބްރަތްތެރި ވާހަކަތަކެއް!! ވެރިމީހާ ކަނޑައެޅިގެން ގާނޫނުއަސާސީ އާ ޚީލަފުވެގެން އުޅޭދުވަސްވަރެއްގައި ހަނދާނަށް ގެނައުމަށް ބޭނުންތެރި ވާހަކަތަކަކަށް ވާތި ޖަލުގެޔައުމިއްޔާގެ ފަހުބައި ޝެއާކޮށްލީމެވެ. ދިވެހި ޒުވާނުންނަށް ވަރަށް ބޭނުންތެރި ހަގީގީމައުލޫމާތުތަކެކެވެ!! ޖަވާހިރުވާދީ އިލްޔާސް، ފަސްވަނަ ފަހަރު ޖަލަށްލެވުނީ، 2004 އޯގަސްޓު 12-13 ގެ އިސްލާހީހަރަކާތުގައެވެ. (6 ވަނަ، އަދި ފަހު ބައި) *ކަޅުހުކުުގެ ހުރިހާ ބައިވެރިންނަށް ރައީސް މައުމޫނު މާފުދެއްވުން: *މިހާދިސާއައި ގުޅޭ އަޅުގަނޑުގެ ބައެއް ލިޔުންތައް: *ޑީއޯ ޚާއްޞަ އިންޓަރވިއު، 26 ނޮވެމްބަރ 2004: *ކުއްލިގޮތަކަށް ޑިފެންސް މިނިސްޓްރީއަށް ހާޒިރުކުރުން: *އެކެއް- ފުރަތަމަ ފަހަރަށް ދޫނިދޫޖަލަށް ގެންދިއުން: *ދޭއް- ދެވަނަ ފަހަރަށް ދޫނިދޫޖަލަށް ގެންދިއުން: *ތިނެއް- ތިންވަނަ ފަހަރަށް ދޫނިދޫޖަލަށް ގެންދިއުން: *ހަތަރެއް- ހަތަރުވަނަ ފަހަރަށް ދޫނިދޫޖަލަށް ގެންދިއުން: *ފަހެއް- ފަސްވަނަ ފަހަރަށް ދޫނިދޫޖަލަށް ގެންދިއުން: *ގޮޅިތައް މަރާމާތުކޮށް ގަދަފިޔާތޮށިކުލަ އެތެރޭގައިލުން: *ކުޑަގޮޅީގައި ވަގުތު ހޭދަކުރާ ގޮތް: *ކުޑަގޮޅިއަށް ބޭރުގެވަފުދުތައް ޒިޔާރަތްކުރުން: *ބިންބިފޯސް: *ޔާނުފޯސް: *ބޮޑުމަޖިލީހުގެ އިސްގޮނޑިން ދެމޫނުދެއްކުން: *ކަޅުހުކުރުގައި ކޯއްޓޭ ބޮޑުދިދަ ކަނޑާލަން އުޅުން: *ހަސަނާއި އަންނިއަކީ ވެރިކަމަށް އެންމެކަމުދާ ޖޯޑުތޯއެވެ؟: https://t.co/0H5UmF3ROQ
See More
Ilyas Hussain Ibrahim
@illabe
7 days ago
ކޮންމެކަމެއް ޝައިޠާނީކުޅިވަރަށް!! އިލުމިނާޓީން ބޭނުންކުރާ ނަސީބުގެ ހުދުބޯޅަ، Lucky White Ball ނުވަތަ "ނަސީބުގެ ހުދުބޯޅަ" އަކީ އާންމުކޮށް މަކަރާއި ހީލަތުން ފައިސާ ހޯދުމަށް (scam) ބޭނުންކުރާ މަކަރުވެރި ޖާދުވީ އުކުޅެކެވެ. މީގެ ފަހަތުގައި އެއްވެސް ޙަޤީޤީ ބާރެއް ނުވަތަ ރޫޙާނީ ސިއްރެއް ނުވެއެވެ!! މިފަދަ ކަންކަމުގެ ފަހަތުގައި ފޮރުވިފައިވާ މައިގަނޑު މަޤްޞަދުތަކަކީ ވަސްވާހެވެ. އޮޅުވާލައި މާލީ ފައިދާ ހޯދުން (Scamming) އަދި އޮޅުވާލައިގެން ނަފްސާނީ ގޮތުން ނާޖާއިޒު ފައިދާ ނެގުމާއި ދީނީ އަދި އަޤީދާގެ ގޮތުން މަގުފުރެއްދުމެވެ. މުސްލިމުންގެ ޢަޤީދާއާ ފުށުއަރާ ގޮތަށް، ﷲ ގެ އިރާދަފުޅާ ނުލައި ވަކި އެއްޗަކުން (މިސާލަކަށް ހުދުބޯޅައަކުން) އިހްތިރާމާއި ނަސީބާއި މުއްސަނދިކަން ލިބޭނެ ކަމަށް ޤަބޫލުކުރުވުމަކީ ޝިރުކުގެ ޢަމަލުތަކަށް މަގުފަހިވާ ކަމެކެވެ!! "އިލުމިނާޓީ" "ފްރީމޭޝަނަރީ" ފަރާތްތަކުން ވުޖޫދުވެ އައިސްފައިވާ މިފަދަ ހުރިހާ ހަރަކާތްތަކަކީ ވެސް މޭސަނިކް ޝައިޠާނީ ކަންތަކެވެ. ދީނާއި ރޫހާނިއްޔަތުގެ ކަންފުޅެއް ވެސް ނެތްހަރަކާތްތަކެވެ. ބޭނުމަކީ، މީހުންގެ ޝައުޤުވެރިކަން ހޯދައި، އެމީހުންނަށް އޮޅުވާލާއި ލަނޑުދިނުމަށް ހަދާފައިވާ ދޮގު ވާހަކަތަކެކެވެ. ޖާދުވީއަމަލުތަކެވެ. އެހެންކަމުން، މިފަދަ އެއްވެސް ހަރަކާތަކަށް ނުލެނބުމަށާއި ފައިސާ ޚަރަދުނުކުރުމަށާއި، ނަފްސުތައް ރައްކާތެރިކުރުމަށް ސަމާލުވުން ވަރަށް މުހިންމެވެ!! ލޮބުވެތިރައްޔިތުން، #ދިވެހިތަކުރުން ނޭވެ!! ޑިކްޓޭޓަރުމުއިއްޒުގެ މިކަހަލަ ޝައިޠާނީ ވަސްވާސްތަކުން ދުރުހެލިވާށެވެ. ފާޅުގައި ކެރިގެން ނޫނެކޭބުނާށެވެ. ރައްޔިތުންދެކެ ކޯފާވެ ރުޅިއައިސްހުރެގެން ކޮށްދެވޭނެ ޚިދުމަތެއް، ކަމެއްނެތެވެ. އަމުދުން ލިބޭނެއިހްތިރާމެއް ނެތެވެ!! ނޫނެކޭބުނާށެވެ!! ދިވެހިރާއްޖެ....ދިރިދެމިއޮންނާނެ!! 🇲🇻⚔️🇲🇻
See More
Last Seen Users on Sotwe
Eca
Seen from
Indonesia
ทิพย์ สาวบ้านนา
Seen from
Thailand
Fatma Akgül
Seen from
Turkey
0kan can
Seen from
Turkey
my nhung le
Seen from
Vietnam
Hunter & Jack
Seen from
United Kingdom
Sylvain Allix ( le gaulois )
Seen from
Greece
Dino Rex
Seen from
Netherlands
• Joaquin™
Seen from
United States
Ayase Eli(っ˘зʕ•̫͡•ʔ
Seen from
Malaysia
Trends for you
1
Thanksgiving
Under 10K tweets
2
Bears
Under 10K tweets
3
Dan Campbell
Under 10K tweets
4
Eagles
Under 10K tweets
5
Swift
Under 10K tweets
6
#BearDown
Under 10K tweets
7
Turpin
Under 10K tweets
8
Rome Odunze
Under 10K tweets
9
#CHIvsDET
Under 10K tweets
10
Thankful
Under 10K tweets
Most Popular Users
1
Elon Musk
@elonmusk
239.8M followers
2
Barack Obama
@barackobama
118.6M followers
3
Cristiano Ronaldo
@cristiano
114.3M followers
4
Donald J. Trump
@realdonaldtrump
111.7M followers
5
Narendra Modi
@narendramodi
106.9M followers
6
Rihanna
@rihanna
98.6M followers
7
NASA
@nasa
92.1M followers
8
Justin Bieber
@justinbieber
91.7M followers
9
KATY PERRY
@katyperry
89.9M followers
10
Taylor Swift
@taylorswift13
83.9M followers
11
Lady Gaga
@ladygaga
75.4M followers
12
Virat Kohli
@imvkohli
73.3M followers
13
Kim Kardashian
@kimkardashian
70.8M followers
14
YouTube
@youtube
68.6M followers
15
Neymar Jr
@neymarjr
66.3M followers
16
Bill Gates
@billgates
65.1M followers
17
Selena Gomez
@selenagomez
63M followers
18
The Ellen Show
@theellenshow
62.1M followers
19
CNN
@cnn
61.7M followers
20
X
@x
60.6M followers
Olivia
Online
✨
⭐
💫